ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމްރާގެ އަޅުކަމަށް ސީދާ އައްޑޫ ސިޓީން ސައުދީއަށް ދަތުރުތައް ފަށަނީ

43
STO_Ads
TTH_Ads
Advertisement

އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުން، އައްޑޫ ސިޓީން ސީދާ ސައޫދީ އަރަބިއްޔާއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެހެން އެއާޕޯޓަކުން ސައޫދީއަށް އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ތާރީޚީ ދަތުރު އިންތިޒާމު ކުރަނީ ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ ”ދަ ޓްރެވެލާ“ އިންނެވެ. އެ އެޖެންސީން ހާމަކުރި ގޮތުގައި، ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައޫދީގެ ޖިއްދާއަށް ސީދާ ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
MMA_Ads
Advertisement

މި ދަތުރުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ ދަތުރުގެ މަގު ކުރުވެ، މައްކާއާއި މަދީނާއަށް ދިއުމަށް އޮތް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ އެޖެންސީން ބުނެ އެވެ. މީގެ ކުރިން ދެކުނުގެ އަތޮޅުތަކުން އުމްރާއަށް ދާ މީހުން މާލެ އައިސް، މާލެއިން ސައޫދީއަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ގިނަ ވަގުތުތަކެއް ހޭދަވެއެވެ.

މި ދަތުރުގައި ބޭނުންކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 މަރުކާގެ ބޯޓެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުން އުފުލޭނެ ބޯޓެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި މިއީ ޗާޓަރު ފްލައިޓެއްގެ ގޮތުގައި ދަ ޓްރެވެލާގެ ރިކުއެސްޓަކަށް ބާއްވާ ފްލައިޓެކެވެ.

”އާންމު އުސޫލުން ދޫކުރާ 46 ކިލޯގެ ބަގޭޖް އެލަވަންސް ވެސް މި ދަތުރުގައި ލިބޭނެ،“ މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ދަތުރުގެ ބުކިންތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ދަ ޓްރެވެލާ އިން ބުނެ އެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

އުތުރުގެ ތިން އަތޮޅެއް ވައިގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

maldivian

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރު 2 ބޯޓު ގެންނަނީ

އައިޓީބީ ޗައިނާ 2026: މޯލްޑިވިއަނުން ކާމިޔާބު މަސައްކަތެއް