ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާނެކަން ސިނާން އިއުލާންކޮށްފި

43
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސާބިތު ދަރަންޏެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވާނެކަން އިއުލާނުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު، ސިނާން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އަލުން އެ ގޮނޑިއަށް ވާދަކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވަނީ ޕީއެންސީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި، އެ ދާއިރާގެ ޕީއެންސީ މެންބަރުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ސިނާންގެ ގޮނޑި ގެއްލުނީ ކޯޓުން ދައްކަން އަމުރުކޮށްފައިވާ ދަރަންޏަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތެއް އުނިވުމާ ގުޅިގެންނެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.

HajjCop_ads
Advertisement

ލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފައެވެ.

ސިނާންގެ ގޮނޑި ގެއްލުމާއެކު، މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު ވަނީ 75 އިން 74 އަށް ދަށްވެފައެވެ.

މި ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިގު (ސޯބެ) ވެސް ވަނީ ފާޅުކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Original

ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު އިތުރު 10 ބޭފުޅަކު އައްޔަނުކުރައްވައިފި