ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށްވެސް ފްލެޓަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ

Muthalib
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީން ފްލެޓަށް އެދުމުގެ ޝަރުތުތަކަށް ބަދަލު ގެނެސް، އެ މީހުންގެ ބެލެނިވެރިންނަށްވެސް ކުރިމަތިލެވޭ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން އޮންނަ ގޮތުން ފްލެޓަށް އެދި ހުށަހަޅަން ޖެހެނީ ސީދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުން ކަމުގައިވީ ނަމަވެސް، އަލަށް ގެންނަ އިސްލާހާއެކު އެ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެންނަ މުހިންމު ބަދަލެކެވެ. މީގެ ކުރިން ބެލެނިވެރިންނަށް ކުރިމަތިލުމުގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާއިރު، މި އިސްލާހާއެކު އެފަދަ ފަރާތްތައް ބަލަހައްޓާ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr mulhalib

މަގުތައް ޑިޒައިންކުރަން ޗައިނާގެ ޓީމެއް މިމަހު އަންނާނެ: މުއްތަލިބު

minister muthalib

ނާކާމިޔާބީއަކީ އިތުރު ހިތްވަރާއެކު މަސައްކަތްކުރަން ލިބޭ ފުރުޞަތެއް: މުއްތަލިބު

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

އެފޯޑަބަލް ހޯމް އޯނާޝިޕް ޕްރޮގުރާމް: ދެ ކޮޓަރީގެ ފުލެޓު 1.8 މިލިއަނަށް އަދި ތިން ކޮޓަރި 2.3 މިލިއަނަށްވުރެ ބޮޑުނުވާނެ