ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީގެ 17 އަހަރު ކުރިން ވަކިކުރި ސިފައިންގެ މީހަކަށް ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

43
STO_Ads
TTH_Ads
Advertisement

މީގެ 17 އަހަރު ކުރިން ވަޒީފާއިން ވަކިކުރި ސިފައިންގެ މީހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެމްއެންޑީއެފް އިން ވަކިކުރި ލާންސް ކޯޕްރަލް މުޙައްމަދު އިސްމާއީލް އަލުން ވަޒީފާއަށް ނެރުމަށާއި، އޭނާ ސަސްޕެންޑްކުރި ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ދިނުމަށެވެ.

މުޙައްމަދު އިސްމާއީލް ހައްޔަރުކުރީ 9 އޭޕްރީލް 2007 ގައެވެ. އެއީ މަސްތުވާތަކެއްޗާއި ވަގު ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ. ހަމަ އެ ދުވަހު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. އެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރީ 10 މާޗު 2009 ގައެވެ. ނަމަވެސް، އޭނާ ބުނާ ގޮތުގައި ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން އޭނާއަށް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ.

HajjCop_ads
MMA_Ads
Advertisement

2016 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ އޭނާ ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލުން އެ މައްސަލަ ބެލުމަށްފަހު ހުކުމް އިއްވާފައެވެ.

އެ ހުކުމްގައި ވަނީ ބަންދުން ދޫކޮށްލުމަށްފަހު އޭނާ ވަޒީފާއަށް ނުކުތުމަށް މަސައްކަތް ކުރިކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. ނަމަވެސް، އޭނާއަށް އެއްވެސް އިރުޝާދެއް ދީފައެއް ނުވާ ކަމަށް ހުކުމްގައިވެއެވެ.

ސަސްޕެންޑްކުރުމަށްފަހު ވަޒީފާއިން ވަކިކުރުމާ ދެމެދު ހިނގި ދިގު މުއްދަތަށް ދައުލަތަށް އެކަށީގެންވާ ސަބަބެއް ދެއްކިފައެއް ނުވާ ކަމަށް ހުކުމްގައިވެއެވެ. އަދި މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަކުން ބަލާފައިވާ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށް ހުކުމްގައިވެއެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ މުޙައްމަދު އިސްމާއީލް އަލުން ވަޒީފާއަށް ނެރުމަށާއި އޭނާ ސަސްޕެންޑްކުރި 9 އޭޕްރީލް 2007 އިން ފެށިގެން، ވަޒީފާއިން ވަކިކުރިކަން އޭނާއަށް އެންގި 9 އޮކްޓޫބަރު 2016 އާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ.

މީގެއިތުރުން އެ މުއްދަތުގައި އޭނާއަށް ލިބެންޖެހޭ ވަޒީފާގެ ކުރިއެރުންތަކަށް ރިއާޔަތްކުރުމަށްފަހު ވަޒީފާގެ ކުރިއެރުން ދޭންޖެހޭނަމަ އެކަން ވެސް ކުރުމަށް ވަނީ އަންގާފައެވެ.

އެ ހުރިހާ އިންތިޒާމުތަކެއް އެއް މަސް ދުވަހުގެ ތެރޭގައި ހަމަޖައްސައި ނިންމަންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފި

Sstv FORM FOR EC

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް 137 ދަރިވަރުން ފުރިހަމަކޮށްފި

72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި