ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުދަރެސް ބޯޓް އަޑިއަށް ގޮސް މުދާތައް އޮޔާ ދަނީ، ސަމާލުވާން އެދިއްޖެ

ތޭރަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައި އަޑިއަށް ދިއުމާއި ގުޅިގެން ބޯޓްގައިވާ މުދާތައް އޮޔާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، މިރޭ ދަންވަރު 01:25 ހާއިރު ވަނީ ލިބިފައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފަ އެވެ. އެ މީހާ އެ ހަބަރު ދިނުމުން ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތް ކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން އަދި ބުނީ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ޖަރުމަނުގެ ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުން!

Iu

ވ. އަތޮޅުގައި ކަނޑުމަތީގެ އެކްސިޑެންޓް ހިނގި ސަރަހައްދުން މީހެއްގެ އަތެއް ފެނިއްޖެ

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ