ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ނުހުޅުވައިގެން ޓްރަމްޕް އިންޒާރު ދޭއިރު، މިދިޔަ 24 ގަޑިއިރުތެރޭ 18 ވަރަކަށް ތެލާއި ގޭސް ޓޭންކަރު ހޮރްމޫޒު ހުރަސްކޮށްފި

ގޭސް ޓޭންކަރެއް ހޮރްމޫޒު ހުރަސްކުރަނީ:
STO_Ads

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވައިގެން އީރާނަށް ބިރުދައްކައި އިންޒާރުތައް ދެމުން ގެންދާއިރު، ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 18 ބޯޓެއް ހޮރްމޫޒު ހުރަސްކޮށްފައިވާ ކަމަށް، ރެކޯޑްތަކުން ދައްކައިފިއެވެ.

ހޮރްމޫޒު ހުރަސްކުރި އުޅަނދުތަކުގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި، ގޭސް ޓޭންކަރުތަކާއި، ކޮންޓެއިނަރ އާގުބޯޓުފަހަރު ހިމެނެއެވެ.

ހޮރްމޫޒު ހުރަސްކުރާ އުޅަނދުތަކުން އީރާނުން މިހާރުވަނީ ފީއެއް ނަގަން ފަށާފައެވެ. އެ ފީ ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާއިންނެވެ.

Maldivian_Ads

އީރާނުން ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރެވިފައިވަނީ އެމެރިކާއާއި، އިސްރާއީލާއި އަދި އީރާނާ ދެކޮޅަށް އުދުވާނުތައް ހިންގުމުގައި ބައިވެރިވާ ގައުމުތަކުގެ އުޅަނދުފަހަރަށް ކަމަށެވެ.

އެނޫން އެހެން ގައުމުތަކުގެ ޓޭންކަރުތަކާއި އަދި އާގުބޯޓުފަހަރުވެސް ހޮރްމޫޒު ހުރަސްކުރަންވާނީ އީރާނާ ވާހަކަ ދައްކައިގެން ކަމަށާއި، އެނޫންގޮތަކަށް ދަތުރުކުރަން އުޅޭނަމަ އީރާނުން އެފަދަ އުޅަނދުތައް ހުއްޓުވާނޭ ކަމަށް އީރާނުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

އީރާނުން ކޮށްފައިވާ އިންޒާރުތަކާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން އުޅުނު އިސްރާއީލުގެ ބޯޓަކަށް އީރާނުން އިއްޔެވަނީ ޑްރޯން ހަމަލާއެއްދީ ބޯޓަށް ބޮޑެތި ގެއްލުންތައް ދީފައެވެ.

އީރާނުންވަނީ، އީރާނާ އެކުވެރި ބައެއް ގައުމުތަކުގެ ބޯޓުފަހަރަށް އެއްވެސް ހުރަހަކާ ނުލައި ހޮރްމޫޒު ހުރަސް ކުރެވޭނޭކަން އަންގާފައެވެ. އެ ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރު ކޮށްފައިވަނީ އިރާގެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހޮރްމޫޒު ހުރަސްކުރަން ޔޫރަޕްގެ ގައުމުތަކުން މިހާރު ގެންދަނީ އީރާނު ސަރުކާރާ ސީދާ މަޝްވަރާ ކުރަމުންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމުގެކުރިން ހޮރްމޫޒު ކަނޑުއޮޅި އޮތީ އެންމެނަށް ހުޅުވާލާފައެވެ. އެއްވެސް ގައުމެއްގެ ބޯޓަކަށް އީރާނުން ހުރަސް ނާޅައެވެ. އީރާނުން އެ ކަނޑުއޮޅި ބަންދުކުރީ އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ.

ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ފައިދާ ވަމުންދަނީވެސް އީރާނަށެވެ. އީރާނުން އެކްސްޕޯޓްކުރާ ތެލުގެ އަދަދު އެތައްގުނަ އިތުރުވެ، ތެލުން ލިބޭ އާމްދަނީވެސް ވަނީ އެތައްގުނަ މަތިވެފައެވެ.

އެއާ ޚިލާފަށް، އީރާނަށް އުދުވާނީ ހަމަލާތައް ދިނުމަށް ނުސީދާކޮށް އެހީތެރިކަމުންދާ ކުވައިތު، ގަތަރު، ޔޫއޭއީގެ އިތުރުން، އިރާގަކަށް ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ހޮރްމޫޒު ހުރަސްކޮށް އެންމެ ފީފާއެއްގެ ތެޔޮވެސް ބޭރު ނުކުރެވެއެވެ.

ގަލްފްގެ ގައުމުތަކުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމުގެ ސަބަބުން ގަލްފްގެ ގައުމުތަކުގެ ފަރާތުން އދގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅީ ބަހްރެއިނުންނެވެ. އެއީ، ބާރުގެ ބޭނުންކޮށްގެން ނަމަވެސް ހޮރްމޫޒު ހުޅުވުމަށެވެ. ނަމަވެސް، ސަލާމަތީ މަޖިލީހުން އެ ގަރާރު ފާހެއް ނުވިއެވެ. ޗައިނާ، ރަޝިޔާ އަދި ފްރާންސުން އެ ގަރާރު ބްލޮކްކޮށްލީއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް ދެން އޮތީ ފަހު ފުރުސަތު، އެއްބަސްވުމެއް ނުހަދައިފިނަމަ މުޅި ގައުމު ގޮއްވާލާނަން: ޓްރަމްޕް

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ލުބުނާނު ރައްޔިތުންނަށް ކުރި ފުރައްސާރައެއް: ހިޒްބުﷲގެ ވެރިޔާ

އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ނުދާނޭކަމުގެ އިޝާރާތެއް އީރާނުން ކޮށްފި

އެމެރިކާއިން ބްލޮކޭޑް އުވާނުލުމުން ހޮރްމޫޒު ކަނޑުއޮޅި ކުރިން އޮތް ހާލަތަށް ގެނައިކަން އީރާނުން އިއުލާން ކޮށްފި