ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ ސިފައިންގެ ފަޚުރެއް ކަމަށްވާ އެފް-15 ޖެޓެއް ވައްޓާލުމުން އީރާނު ރައްޔިތުންގެ ޝުކުރު އަސްކަރިއްޔާއަށް

އެމެރިކާ ސިފައިންގެ އެފް-15 ޖެޓު ވައްޓާލާފައިވާ ސަރަހައްދު:
STO_Ads

އެމެރިކާ އަސްކަރިއްޔާ ފަޚުރުވެރިވާ އަދި އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ އަގުބޮޑު ހަނގުރާމަމަތީ އެފް-15 ގެ ޖެޓަކަށް އީރާނުން ހަމަލާދީ ވައްޓާލުމުން އީރާނުގެ ރައްޔިތުން އުފާފާޅުކޮށް، އީރާނު އަސްކަރިއްޔާއަށް ޝުކުރު އަދާކޮށްފިއެވެ.

އީރާނުގެ ރައްޔިތުން އަސްކަރިއްޔާއަށް ޝުކުރު އަދާކޮށް ޝުއޫރު ފާޅުކުރީ، ސަރުކާރަށް ތާއީދުކޮށް ވެރިރަށް ތެހެރާނުގެ މައިދާނެއްގައި ކޮންމެ ރެއަކު ބާއްވާ އެއްވުންތަކުގެ ތެރެއިން ރޭގެ އެއްވުމުގައެވެ.

އާންމުންވަނީ، އީރާނުގެ އެއަރ ޑިފެންސް ސިސްޓަތަކުން ކުރަމުންދާ ދިފާއީ މަސައްކަތްތަކާއި، އީރާނު ސިފައިންނާއި، އެމީހުންގެ ގާބިލް ކަމާމެދު ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

Maldivian_Ads

އެމެރިކާގެ އެންމެ ވަރުގަދަ ފައިޓަރ ޖެޓެއް އީރާނު ސިފައިން މި ވައްޓާލީ، އީރާނުގެ ވައިގެ ސިފައިންގެ ގާބިލްކަން މުޅީން ނައްތާލެވި ނުކުޅެދުންތެރި ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމެރިކާގެ އަސްކަރީ ވެރިން އެތައް ފަހަރަކު ބުނެފައި ވަނިކޮށެވެ.

އެމެރިކާގެ ޖެޓު ވައްޓާލި ކަމަށް އީރާނު ސިފައިން ބުނުމުން އެމެރިކާ އަސްކަރިއްޔާއިން ފުރަތަމަ އެ ވާހަކަ ދޮގުކުރިއެވެ. ބުނީ ޖެޓެއް ވައްޓާނުލެވޭ ކަމަށެވެ.

ނަމަވެސް، ޖެޓުގައި ތިބި އެމެރިކާ ސިފައިންގެ ދެމީހުން ހޯދަން އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުތައް އީރާނުގެ ތެރޭގައި އުދުހެމުންދަނިކޮށް އީރާނުން އެ ހެލްކޮޕްޓަރުތަކަށް ހަމަލާދޭ މަންޒަރާއެކު، އެމެރިކާއަށް ޖެހުނީ ޖެޓު ވައްޓާލިކަމަށް އެއްބަސްވާށެވެ.

ޖެޓު ވެއްޓުނު ހިސާބުން އެމެރިކާ ސިފައިންވަނީ، ޖެޓުން ދަތުރުކުރި ދެ ޕައިލެޓުންގެ ތެރެއިން އެކަކު ސަލާމަތް ކޮށްފައެވެ. ނަމަވެސް، ދެވަނަ ޕައިލެޓު ވަނީ އީރާނު ސިފައިންގެ އަތްދަށުވެފައެވެ.

އީރާނު ސިފައިން ފަހުން ބުނެފައިވަނީ، އެމެރިކާގެ އެފް-15 ގެ ޖެޓު ވައްޓާލުމުގެ އިތުރުން، އެ ސަރަހައްދަށް އައި އެމެރިކާގެ އަސްކަރީ 5 ހެލިކޮޕްޓަރަކަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތައް ދެވުނު ކަމަށެވެ.

ގެއްލުނު ސިފައިންގެ މީހާ ހޯދުމަށް ގްރައުންޑް ސަޕޯޓެއްގެ ގޮތުގައި އުދުހެމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ އޭ-10 ގެ މަތިންދާ ބޯޓަށްވެސް އީރާނު ސިފައިންގެ ހަމަލާއެއް އަމާޒުވެ ގެއްލުން ލިބުނުއިރު، އީރާނުގެ ހަމަލާއެއް އަމާޒުވެ އެފް-16 ގެ ޖެޓެއްވަނީ އިމަޖެންސީކޮށް ޖައްސާފައެވެ. އީރާނުގެ ހަމަލާތައް އަމާޒުވާން ފެށުމުން އެމެރިކާގެ ކޭސީ-135 ގެ ބޯޓެއްވެސް ވަނީ އިމަޖެންސީ ހާލަތުގައި ޖައްސާފައެވެ.

މިހާދިސާގެ ކުރިން ހޮރްމޫޒު ކަނޑުއޮޅިން އުދުހެމުންދިޔަ އެމެރިކާ ސިފައިންގެ އެފް-35 ގެ ޖެޓެއްވެސް އީރާނު ސިފައިން ވަނީ ވައްޓާލާފައެވެ. އެ ޖެޓަށް ހަމަލާދޭ މަންޒަރާއި، ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯވެސް އީރާނުން ހާމަކޮށްފައި ވެއެވެ.

އެހެން ރިޕޯޓެއް ބުނާގޮތުގައި، އީރާނު މަތިން އުދުހުނު އެމެރިކާގެ އެފް-16 ގެ ޖެޓެއްވެސް އީރާނުން ރޭގައިވަނީ ވައްޓާލާފައެވެ. މި ޚަބަރު އަދި މުޅީން ކަށަވަރެއް ނުވެއެވެ.

އީރާނު ސިފައިންގެ ކުޅަދާނަކަން ފެނި، އެމެރިކާގެ އަސްކަރިއްޔާވެސް އަންތަރީސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމެރިކާގެ ރައީސާއި އަސްކަރީ ވެރިން އީރާނު ސިފައިންނާ ގުޅޭގޮތުން ހަދަމުންދާ ދޮގުތައް ފަޅާއަރައި މުޅި ދުނިޔެއަށް ބޭޒާރު ވެފައިވާ ކަމަށްވެސް، މީޑިއާއިން ބުނަމުން އެބަ ގެންދެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް ދެން އޮތީ ފަހު ފުރުސަތު، އެއްބަސްވުމެއް ނުހަދައިފިނަމަ މުޅި ގައުމު ގޮއްވާލާނަން: ޓްރަމްޕް

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ލުބުނާނު ރައްޔިތުންނަށް ކުރި ފުރައްސާރައެއް: ހިޒްބުﷲގެ ވެރިޔާ

އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ނުދާނޭކަމުގެ އިޝާރާތެއް އީރާނުން ކޮށްފި

އެމެރިކާއިން ބްލޮކޭޑް އުވާނުލުމުން ހޮރްމޫޒު ކަނޑުއޮޅި ކުރިން އޮތް ހާލަތަށް ގެނައިކަން އީރާނުން އިއުލާން ކޮށްފި