ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށް ގިނަ ޢަދަދެއްގެ މެޝިނަރީތައް ރާއްޖެ ގެނެސްފި

Big cC3WUg6EDGh1oSknc8YSs6jNs
ރާއްޖެ ގެނެައި މެޝިނަރީތައް ދިވެހި ސަރުކާރާ ހަވާލުކުރުން
TTH_Ads
MPL_Ads
STO_Ads
Advertisement

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ހިންގުމަށް ބޭނުންވާ ގިނަ ޢަަދެއްގެ މެޝިނަރީތައް ރާއްޖެ ގެނެސްފިއެވެ. މި ތަކެތި ރާއްޖެ ގެނެސްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން، ޗައިނާގެ އެކްސް.ސީ.އެމް.ޖީއާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުންނެވެ. މި މެޝިނަރީތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށާއި އެތަކެތި އިފްތިތާހް ކުރުމަށް ތިލަފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވަނީ 230 މެޝިނަރީއެވެ.

މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ އެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އާރްޑީސީން ބުންޏެވެ.

MPL_Ads
HajjCop_ads
Advertisement

މިއަހަރަށް އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތައްތަކެއް މިއަހަރު އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައެވެ. ގިނަ ޢަދަދެއްގެ މެޝިނަރީ ގެންނަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން، ޗައިނާގެ އެކްސް.ސީ.އެމް.ޖީއާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ މިހާރު ގެނެސްފައުވާ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށެވެ. ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފަވާއިރު، ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ ސަފީރު، މަޖިލީހުގެ ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކޯޓު އަމުރާ އެއްގޮތަށް އާރުޑީސީން 16.1 މިލިޔަންގެ ދަރަނި ދައްކައިފި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ