ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަޙައްދުގެ ގިނަ ވިޔަފާރިވެރިންގެ ތާޢީދު މޫސާ ޢަލީ ޖަލީލަށް

Original
މާލޭގެ ބައެއް ވިޔަފާރިވެރިންނާ މޭޔަރު ކެންޑިޑޭޓް ބައްދަލުކުރެއްވުން–
STO_Ads
TTH_Ads
Advertisement

މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުން، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސް ކޮށްފިއެެވެ.

މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު ވަނީ މޫސާ ޢަލީ ޖަލީލާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މަންހަޓަންގައެވެ. މި ބައްދަލުވުމުގައި ވަނީ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް މޭޔަރު ކ ެންޑިޑޭޓާ ވިޔަފާރިވެރިން ހިއްސާކުރައްވާފައެވެ. އަދި މާލޭގައި ޕާކްކުރުމާއި މުދާ ގުދަންކުރުމުގައި ދިމާވާ ދަތިތައްވެސް ވަނީ މޭޔަރު ކެންޑިޑޭޓާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މޭޔަރު ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލު ގެނެސްދެވޭނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަންވެސް ކެންޑިޑޭޓް ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް އެކަށޭނެ ހައްލެއް ހޯދައި ދިނުމަށް މުހިންމު ޕްލޭންތަކެއް ރާވާފައިވާކަން ފާހަގަކުރައްވައި ވިޔަފާރީގައި ޙަރަކާތްތެރިވާ އަދި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ޕްލޭންތަކެއް ރާވާފައިވާކަން އެމަނިކުފާނުު ފާހަގަކުރެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވިޔަފާރިތަކަށް ދެއްވަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 9384 2048x1365 (1)

އެންމެ ގިނަ ގޮނޑި ޕީއެންސީއަށް: ޕީއެންސީއަށް 581 ގޮނޑި، އެމްޑީޕީއަށް 562 ގޮނޑި

އައްޑޫ މޭޔަރުކަމުގެ ދެވަނަ ދައުރެއް ނިޒާރަށް

މާދަމާ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 16:00އަށް

Iu

މޫސާ އަލީ ޖަލީލަށް ވޯޓުދެއްވުމަށް ގާސިމް އެދިވަޑައިގެންފި