ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ގިނަ ގޮނޑި ޕީއެންސީއަށް: ޕީއެންސީއަށް 581 ގޮނޑި، އެމްޑީޕީއަށް 562 ގޮނޑި

DSC 9384 2048x1365 (1)
STO_Ads
TTH_Ads
Advertisement

މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ މިހާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު އެ ހިސާބުތަކުން ދައްކަނީ ޕީއެންސީން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާކަމަށެވެ.

އެގޮތުން ޕީއެންސީން ވަނީ 581 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 21 ގޮނޑީގެ ތަފާތެކެވެ. މީގެ އިތުރުންއަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށަފައެވެ. އެމްޑީއޭއަށް 23 ގޮނޑި ލިބުނެވެ. އަދާލަތަށް ހަ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި ލިބިފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޑިމޮކްރެޓްސްއިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 1346 ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ. ކައުންސިލް ރައީސްގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރި އިރު  އެމްޑީޕީއަށް ލިބުނީ 73 ގޮނޑިއެވެ. ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން 101 ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 87 ގޮނޑިއެވެ.

HajjCop_ads
Advertisement

ކައުންސިލް މެންބަރުކަމުގެ 99 ގޮނޑި ޕީއެންސީންން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބިފައި ވަނީ 82 ގޮނޑިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސްގެ 83 ގޮނޑި ޕީއެންސީއަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ 60 ގޮނޑިއެވެ. ކޮމެޓީތަކުގެ މެންބަރުންގެ 214 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 167 ގޮނޑިއެވެ. ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު ޕީއެންސީއަށް ލިބުނީ ފަސް ގޮނޑި އެވެ. ސިޓީތަކުގެ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ކާމިޔާބުކުރިއިރު، ޕީއެންސީއަށް ލިބުނީ ހަތަރު ގޮނޑިއެވެ.

ފަސް ދާއިރާއެއްގައި ދެވަނަ ބުރުގެ ވޯޓުލުމެއް ބާއްވަންޖެހެއެވެ. އެ އިންތިޚާބު އޮންނާނީ މާދަމާއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

ކައުންސިލް އިންތިޚާބާ ގުޅޭ 2 މައްސަލައެއް ހައިކޯޓުން ބަލައި ނުގަތް

PNC

ދާއިމީ ނަތީޖާ: އެއްމެގިނަ ގޮނޑި ޕީއެންސީއަށް، 584 ގޮނޑި

Big tkaqua9heab6zthfms1rjk8sd

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

election commission

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް: ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުމޭ!