ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި އެވެ.
އެކަމަނާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ސިޓީއަށް ވަޑައިގެން ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށް ތަފާތު ހަރަކާތްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފަަ އެވެ. އެގޮތުން މިއަދު ވަނީ އެ ސިޓީ ގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ކުރިއަށް ގެންދަވާފަ އެވެ.
މި ހަރަކާތުގައި ކުޅުދުއްފުށި ސިޓީގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލު ކުރެއްވި އެވެ. އަދި މަގުމަތީން ބައްދަލްވި ގިނަ ބަޔަކާއި ސަލާމް ކުރައްވާ އެ ރައްޔިތުންގެ ވާހަކަތައް ވެސް އަޑުއެއްސެވި އެވެ.
ފަސްޓް ލޭޑީގެ ދަތުރުފުޅުގައި އެއްޔެ ހަވީރު ވަނީ ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ ޖަގަހަ ވެސް ހުޅުއްވައިދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީގެ ކުރިން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން ތިނަދޫ ސިޓީއަށް ވެސް ވަޑައިގެންފަ އެވެ. އެ ތިން ސިޓީގައި ވެސް އެކަމަނާ ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
މި ސިޓީތަކުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެކަމަނާގެ އިސްތިޤްބާލަށް ވަރަށް ގިނަ ބަޔަކު ޖަމާވި އެވެ.
ކިޔުންތެރިންގެ ހިޔާލު