ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަހޫދީ އިސްރާއީލާ މެދު ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

ހައްދުފަހަނައެޅި ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި ޔަހޫދީންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފިއެެވެ.

ދިވެހިރާއްޖޭން މިކަމަށް ގޮވާލީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާގެ ވާހަކަފުޅުގައި ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ. އަދި ހުރިހާ އިންސާނީ ހައްގަކީ އެއް ހައްގު އަނެއް ހަޙައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާއިރު އެކަމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާ ކަމަށް ވިދާޅުވިއެވެ.

އަދި ހުރިހާ ގައުމުތަކުން ގުޅިގެން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރުމަށާއި ދުނިޔޭގެ ހަމަޖެހުން ނަގާލަން ޔަހޫދީން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚަރްޖަށް ހަމަލާދިން މިސައިލްތައް އައީ ޔޫއޭއީން: އާންމުން ދުރަށްދާން އީރާނުން އަންގައިފި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

193de7b6 f745 4600 941c e72b41bddf35

ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޚާމަނާއީ އަނބިކަނބަލުން އަވަހާރަވެއްޖެ