ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރަނީ

WhatsApp Image 2026 03 23 at 10.30.45

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ދިރާސާކުރުމަށް ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމަށް ނިމުމެއް ގެނައުމަށް ހުށަހަޅާ އިސްލާހީ ޕެކޭޖުގެ ތެރޭގައި މުހިންމު ދެ ކަމެއް ދިރާސާ ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުށަހަޅަން ގަސްތުކުރާ ފުރަތަމަ ކަމަކީ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ ތެރެއިން ވަކި އިންސައްތައެއް، އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްޞަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްޞަކުރުމަށްވެސް ދިރާސާކުރަމުން އަންނަ ކަމަށެވެ.

“ކައުންސިލްގެ ކޮމްޕޮޒިޝަންގައި އެބަހުރި އަންހެނުންގެ އަދަދެއް ކަނޑައެޅިފަ. އެހެންނަމަވެސް އެމްޕީސްގެ ނޯންނާނެ އެގޮތަކަށް،” ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމާއެކު، ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ފުރުޞަތު ކަށަވަރުކޮށްދިނުމަކީ މި ގެންނަ އިސްލާހީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

މިކަމާ ގުޅޭ ދިރާސާތައް ނިމުމުން، ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރާނެ ސީދާ އިންސައްތަ އިޢުލާނު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448631 89f68b0e c

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

457285 dee4c33b c

ޗައިނާ ކުންފުނީގެ ސައިޓަށް ވަޑައިގެން އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

DSC

މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ ހުންނަ ފަރާތްކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް: ރައީސް

Oo

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫން މަހު ހަވާލުކުރަން ފަށާނެ: ރައީސް