ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގެ 9 ހޮސްޕިޓަލަކުން މިހާރު އާސަންދައިގެ ޚިދުމަތް ލިބޭނެ

ލަންކާގެ އިތުރު ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. މި ޚިދުމަތް އަލަށް ދޭން ފަށާފައިވަނީ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުންނެވެ.

އާސަންދައިން ވިދާޅުވީ، މިދިޔަ މަހުން ފެށިގެން ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ލަންކާގެ އިތުރު ހޮސްޕިޓަލަކަށް އާސަންދައިގެ ޚިދުމަތް މި ފުޅާކުރީ، ދިވެހިންގެ މެދުގައި މަގުބޫލު ލަންކާ ހޮސްޕިޓަލްއިން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލާފައިވަނީ އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާނުކުރެވުމުގެ ސަބަބުން ކަމަށް މީގެ ކުރިން އާސަންދައިން ވަނީ ހާމަކޮށްފައެވެ.

އާސަންދައިން ވިދާޅުވީ، ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލުމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކިންގްސް ހޮސްޕިޓަލުން އަލަށް މި ޚިދުމަތް ދޭން ފެށުމަކީ ދިވެހިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއް ކަމަށް އާސަންދައިން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭން ބޭރުން ބަލިމީހުންނަށް ފަރުވާ ހޯދުމުގައި ހުރި ދަތިތައް ހައްލުކޮށް، އާސަންދައިގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިން ފަރުވާއަށް ފޮނުވުމަށްޓަކައި ރާއްޖޭން ބޭރުގެ 63 ހޮސްޕިޓަލަކާއެކު މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ. މީގެ ތެރޭގައި ސްރީލަންކާގެ 9 ހޮސްޕިޓަލެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ޚިދުމަތް ފަށައިފި

މިހާރު 18 ތަނަކުން އާސަންދައިން ނަންބަރު އައިނު ހެއްދޭނެ

އައިނު ފިހާރަތަކުން އާސަންދައިގެ ދަށުން އައިނު ހެދޭގޮތަށް ހަމަޖައްސައިފި

Image 20

ފިލިޕީންސްގައި އުޅޭ ދިވެހީންނަށް އާސަންދަ ލިބޭނެގޮތް ހަމަޖައްސައިފި