ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިސްޓަރު ޣައްސާން ދެއްވި ޔަގީންކަން: ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބަޔަކަށް ނުދޭނެ

WhatsApp Image 2026 03 22 at 16.33.43

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ނުވަތަ ހަނގުރާމައާ ގުޅޭ އެއްވެސް ކަމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ނުދޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާ ސަރުކާރުން ދަނީ މެދުނުކެނޑި ވަޒަންކުރަމުން ކަމަށާއި މިހާތަނަށް ބެލި ބެލުމުން ރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ޣައްސާން ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ,” މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަނގުރާމަވެރި އަމަލެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޑިފެންސް މިނިސްޓަރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ghassan

ވަޢުދާ އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް މާހައުލެއް ރައީސް ދަނީ ދަމަހައްޓަވަމުން: ޣައްސާން

Mal

ހަތަރު ގައުމަކާ އެކު ދިފާއީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު ސިފައިންނަށް އިލްތިމާސްކުރައްވައިފި

ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް، ޣައްސާންގެ ތަޢުރީފު