ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ޑިއެގޯ ގާސިއާއަށް ހަމަލާ ދީފި ކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ ޖަޒީރާ އަތޮޅު، ޑިއެގޯ ގާސިއާގައި

އީރާނުން ޑިއެގޯ ގާސިއާއަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ ވޯލް ސްޓްރީޓް ޖާރނަލްއިންނެވެ. އެމެރިކާ ސިފައިންގެ އެތެރޭގެ ބައެއް މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އީރާނުން ފޮނުވާލި އެއް މިސައިލް އުދުހުމުގެ ތެރޭގައި ވެއްޓުނީ ކަމަށާއި، ދެވަނަ މިސައިލް އެމެރިކާ ސިފައިން ވައްޓާލީ ކަމަށެވެ.

ނަމަވެސް، އީރާނުން މިސައިލް ހަމަލާ ފޮނުވާލީ ކޮން ދުވަހަކު ކަމެއް ނޫހުން ބުނެފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އީރާނުންވެސް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އެމެރިކާ އަސްކަރިއްޔާ އަދި އިނގިރޭސިންވެސް އަދި އެއްޗެއް ނުބުނެއެވެ.

އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ޑިއެގޯ ގާސިއާއަށް އަމާޒުކޮށް ފޮނުވާލި ކަމަށް ރިޕޯޓް ކުރަމުން މިދަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭން އީރާނުން މިސައިލްތައް އުދުއްސާލާ ތަންތަނަށް ބޮންއަޅަން، ޑިއެގޯ ގާސިއާގައި ގާއިމްކޮށްފައިވާ އިނގިރޭސީންގެ އަސްކަރީ ބޭސް، އާރް އޭ އެފް ފެއަރފޯޑް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން އިއްޔެ ދީފައި ވަނިކޮށެވެ.

އިނގިރޭސި ކެބިނެޓުން މިކަމުގެ ހުއްދަ އެމެރިކާއަށް ދިނުމަށްފަހު ބުނެފައިވަނީ، މިއީ އިނގިރޭސީން ހަނގުރާމައިގެ ތެރެއަށް ވަނުން ކަމަށް އެމީހުން ގަބޫލު ނުކުރާ ކަމަށެވެ.

އިންޑިއާ ކަނޑުގެ މެދުތެރޭގައި ކަހަލަ ގޮތަކަށް އޮންނަ ޖަޒީރާ އަތޮޅު، ޑިއެގޯ ގާސިއާގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭހަކީ އެމެރިކާއާއި އިނގިރޭސީ އަސްކަރިއްޔާ ހިއްސާކުރާ އަސްކަރީ ބޭހެކެވެ.

އީރާނުން ޑިއެގޯ ގާސިއާއަށް ފޮނުވާލި ކަމަށް ބުނަނީ މެދު ރާސްތާ ބެލިސްޓިކް ދެމިސައިލެވެ. އެއީ “ޚުއްރާމްޝަހްރް-4” ގެ ނަމުން ނަންދީފައިވާ މިސައިލެވެ.

މިއީ، ގާތްގަނޑަކަށް 2،000 އާއި 3،000 ކިލޯމީޓަރާ ދެމެދުގެ ދުރަށް އުދުހޭ މިސައިލްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު، ޑިއެގޯ ގާސިއާއާއި އީރާނާ ދެމެދު ހުރި ދުރުމިނަކީ ގާތްގަނޑަކަށް 4،000 ކިލޯމީޓަރެވެ.

މި ޚަބަރާ ގުޅޭގޮތުން ފޭކް ނިއުސްވެސް ވަރަށް ބާރަށް ފެތުރެމުން އެބަ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕްގެ އައު ވާހަކަތަކެއް؛ މަގްސަދު ހާސިލްވަމުންދާތީ ހަނގުރާމަ ހުއްޓާލަން ވިސްނާކަމަށް ބުނެފި

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި