ފ. ނިލަންދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ގެވެށި އަނިޔާގެ މައްސަލައް ރާއްޖޭގައި އިތުރުވާތީ އެކަމަށް ވަނީ ހާއްސަ ގާނޫނެއް ވެސް އެކުލަވާލާފައެވެ. އެ ގާނޫނުގެ ދަށުން ގެވެށި އަނިޔާ ލިބޭ ފަރާތް ރައްކާތެރިކޮށްދިނުމަށް ހާއްސަ އުސޫލުތަކެއް ވަނީ އެކަށައެޅިފައެވެ.
ކިޔުންތެރިންގެ ހިޔާލު