ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

Oo
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާން ހިފާފައިވަނީ ހުޅުމާލެ ލޮޓް 11395 ގައި ކަމަށެވެ. އަދި، އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން އެ ހާދިސާގެ ފޮޓޯތަކުން އެނގެއެވެ.

އަލިފާން ރޯވި ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

HajjCop_ads
Advertisement

އެހެންވެ، އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

Io

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

Igmh

ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

Io

ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާ: 109 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި