ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

minister Thoriq

އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ރޫޓުތަކުގައި ހިމެނޭ ފްލައިޓްތަކުގެ 30 ޕަސަންޓް ގެއްލިފައިވާތީ އެކަން ފޫބެއްދުމަށްޓަކައި އިންޑިއާ، ޗައިނާ، އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރުގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އަދަދެއް ހަނގުރާމައިގެ ސަބަބުން ގެއްލިފައިވާ ކަމަށެވެ. އެހެންވެ އެ ގެއްލުނު ބައި ހޯދުމުގެ ގޮތުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް މާކެޓް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

“މި ވަގުތު އެންމެ ފޯކަސްއެއް ދީގެން މަސައްކަތްތަކެއް ކުރަން ޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ، އަދި ރަޝިއާ ކަމުގައި ވާތީ އެ ތަންތަނުން ވެސް އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައްކޮށް، ކުރިއެރުންތަކެއް ވަނީ ލިބިފައި،” ތޯރިގު ވިދާޅުވިއެވެ.

“މި އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ބޮޑަށް މާކެޓިން އެފޯޓްތަކެއް ލާނަން، ހަމަ ވަކިން ހާއްސަކޮށް އިންޑިއާއާއި ޗައިނާއަށް އަދި ރަޝިއާއަށް”

އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރަޝިއާގެ އެއިރޯފްލޮޓް އަދި އިންޑިއާގެ އެއާ އިންޑިއާއިންވަނީ ކުރިން ރާއްޖެއަށް ހާއްސަކުރާ އަދަދަށްވުރެ ދެގުނަ އަދަދެއްގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރާނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

މެލޭޝިއާގެ އެއާއޭޝިއާއިން ކުރިއަށްހުރި ދުވަސްތަކުގައި ރާއްޖެއަށް ވައިޓް ބޮޑީ އެއާކްރާފްޓް މަތިންދާބޯޓުގެ ދަތުރުތައް ކުރާ ގޮތަށް ދަނީ މަސައްކަތްކުރަމުން ކަމަށާއި، އެއީ ގާތްގަނޑަކަށް 500 މީހުންގެ ޖާގަ ހުންނަ މަތިންދާ ބޯޓެއްކަމަށް އަމީން ވިދާޅުވިއެވެ.

އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އިއްތިހާދު އެއާވޭސްއިން ކުރިއަށްހުރި ދުވަސްތަކުގައި ދުވާލަކު ދެ ފަހަރަކު ރާއްޖެއަށް ދަތުރުކުރާނެކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން މިއަދު ވަނީ ބަންގުލަދޭޝްގެ ދާކާއަށް ދަތުރުތައް ފަށައިފައިކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ހުއްޓުނު ނަމަވެސް މަތީ ފަންތީގެ މީހުން ޖެޓްތަކުގައި ރާއްޖެ ދަތުރުކުރަމުންދާ ކަމަށެވެ.

“ރަނގަޅު ޓްރެންޑެއް މިއީ. މީގެ ކުރިން އާ އަހަރު ނިމިގެން މިދާ މަސްތަކުގައި ބައިވަރު ޖެޓްތަކެއް ހައި އިންޑް ޓުއަރިސްޓުންނެއް ނާދޭ. އެކަމަކު މި ދެތިން ހަތަރު ދުވަހު ފެނިއްޖެ ބައިވަރު ފްލައިޓްތަކެއް ރާއްޖެ އައިތަން.” އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tourists

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

B fulhadhoo

ފުޅަދޫގައި އާންމު މިންގަނޑުން ބޭރުން ފަތުރުވެރިން ހެދުން އަޅައިގެން އުޅޭނަމަ ގެސްޓްހައުސްތައް ޖޫރިމަނާކުރަނީ