ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް އުފުލިފައިވާ ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ދަތިނުވާނެހެން ކާބޯތަކެއްޗާއި ތެލާއި ގޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލުގެ އަގު އިތުރަށް ބޮޑުވިޔަ ނުދިނުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިދާ ކުޑަވި ނަމަވެސް އަގު ހިފެހެއްޓުމާއި، ބޭނުންވެއްޖެ ހިނދެއްގައި ސަބްސިޑީ ދީގެން ނަމަވެސް ރައްޔިތުންނަށް ދަތިނުވެ ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ތެލާއި ގޭސް ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތެވެ.

HajjCop_ads
Advertisement

މިދިޔަ ޖަނަވަރީ މަހު އެސްޓީއޯއިން ގަތް އާ ތެޔޮ ބޯޓަކީ މިފަދަ ދަނޑިވަޅަކަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ތެޔޮ ބަރުކޮށްގެން އަންނަ ބޯޓެއް ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބަނދަރުކުރާނެ ކަމަށެވެ. އަދި އިތުރު ބޯޓެއްވެސް ވަރަށް އަވަހަށް ތެޔޮ ހިފައިގެން ރާއްޖެ އަންނަން ފުރާނެ ކަމަށާއި، މީގެ އިތުރުން ތެލާއި ކާބޯތަކެތި ހޯދުމަށް އާ މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HBa38dCbcAIBKjj

އަސާސީ 80 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ފޯރުކޮށްދޭން ފަށައިފި

Big

“އަމުލް” ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯއިން ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ