ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ އެވެ.

ހައްޖުކޯޕްރޭޝަން މިއަދު ބުނީ އޭގެތެރޭގައި އަމިއްލަ ގްރޫޕަކުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަޖައްސާފައި ނުވާ އިތުރު 30 މީހަކުވެސް ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސްފައިކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތައް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މާތް ﷲ އިރާދަކުރެއްވިއްޔާ އެރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

“މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްފައި. މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައި މި ފުރުސަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،” މިނިސްޓަރު ވިދާޅުވިއެވެ.

އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދުވަސްވަރުގައި، މެދުއިރުމަތީ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ބޮޑު ބުރުލެއް އަރައިފަ އެވެ. އެހެންވެ ގިނަ އަދަދެއްގެ ފަތުުރުވެރިން ރާއްޖޭގައި ތާށިވެފައިވެސް އެބަތިއްބެވެ.

އެގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން އުމްރާއަށް ދާ މީހުންނާއި އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ތިބި މީހުން ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ

maldivian hajj

އުމްރާއަށް ނުފުރި ތިބި މީހުން ފުރުވާލުމުގެ އިންތިޒާމު ސަރުކާރުން ފަށައިފި

ފަހު ވަގުތު އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި