މާލެ ސިޓީގެ މިސްކިތްތަކުުގެ ތެރެއިން، މި ރަމަޟާން މަހުގެ ފަހުދިހައިގައި، ދަމުނަމާދު ކުރާނެ މިސްކިތްތައް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކޮށްފިއެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ ފަހުދިހައިގައި، މާލެ ސަރަހައްދުގައި ދަމުނަމާދު ކުރާނެ މިސްކިތްތަކެއް، އެ ވުޒާރާއިން ހަމަޖައްސައެވެ.
މި އަހަރު މާލެ ސަރަހައްދުގައި ޖުމްލަ 35 މިސްކިތެއްގައި ދަމުނަމާދު ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މާލެއިން 21 މިސްކިތެއްގައި ދަމުނަމާދު ކުރަން ހަމަޖެހިފައިވާއިރު، ވިލިމާލޭގެ 3 މިސްކިތުގައިވެސް ދަމުނަމާދު ކުރާނެއެވެ. އަދި ހުޅުމާލޭ ފޭސް އެކަކުން 6 މިސްކިތުގައާއި ފޭސް ދޭއްގެ 5 މިސްކިތުގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
މާލޭގައި ދަމުނަމާދުކުރާ މިސްކިތްތައް:
އިސްލާމީ މަރުކަޒު
ސަލްމާން މިސްކިތް
ވިޔަފާރިވެރިންގެ މިސްކިތް
މަސްޖިދުލް ފުރުޤާން
މަސްޖިދުއްނޫރު
މަސްޖިދުއްޝަހީދު ޢަލީ
ޠައިބާ މިސްކިތް
ދުނބުރި މިސްކިތް
ފަނޑިޔާރު މިސްކިތް
ބަންޑާރަ މިސްކިތް
މަސްޖިދު ސަލާހުންދީން
މަސްޖިދު ޖަލާލުންދީން
މަސްޖިދު އިބްރާހިމް
މަސްޖިދު އިސްކަންދަރު
މަސްޖިދު ޔޫސުފުލް ބަރުބަރީ
ރަން މިސްކިތް
ފައިފުހޭ މިސްކިތް
މާވެޔޮ މިސްކިތް
މަސްޖިދު ޢަފީފުއްދީން
މާފަންނު އާމިސްކިތް
މަސްޖިދުއްޒިކްރާ
ވިލިމާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
މަސްޖިދިލްބިއްރި
މަސްޖިދުއްސަލާމް
މަސްޖިދުލްއިޚްލާސް
ހުޅުމާލެ ފޭސް1 ގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
ވައްގުއްބު މިސްކިތް
މަސްޖިދު ރަޝީދު
މަސްޖިދު އަޒީޒާ މޫސާ
މަސްޖިދުލްއަޞްތިޤާ
މަސްޖިދުލްވާލިދައިނި
މަސްޖިދު މުޙައްމަދު
ހުޅުމާލެ ފޭސް2 ގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
މަސްޖިދު ޙަސަން އާދަމް
މަސްޖިދުލްއީމާން
މަސްޖިދު އަމީލް ޖަލީލް
މަސްޖިދު އަބީބަކިރިނިންޞިއްދީޤް
މަސްޖިދު އުސްމާން ބިން އައްފާން
ރޯދަ މަހުގެ ފަހު 10 ފެށޭނީ މާދަމާއިން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު