ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

ކަނޑުން ބައެއް ގެއްލުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގަސްތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށާ އެއީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރަމުންދާ މަސައްކަތާއި އެ މަސައްކަތް އޮތް ގޮންޖެހުންތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ހިންގީ ޤައުމީ އެއްވެސް ވިސްނުމެއް ނެތް ބައެއް ކަަމަށެވެ. އެކަން ކަނޑުގެ މައްސަލާގަައި އަމަލުކުރި ގޮތުން އެކަނިވެސް ސާފުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފޯޅަވަހީގެ މައްސަލަ މޮރިޝަސް ސަރުކާރުން އާބިޓްރޭޝަނަށް ހުށައެޅި ކަމަށާއި އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނުނަމަވެސް އެ ނިންމުމަކަށް ޗެލެންޖު ކުރަން ސަރުކާރަށް ފަސޭހަވާނެ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ވުމަށް ފުރުސަތު ނުދީ މިދިޔަ ސަރުކާރުން އިސްވެ ކަނޑުގެ މައްސަލަ އިޓްލޮސްއަށް ހުށައެޅި ކަމަށާއި އެ މައްސަލަ ނިމިގެން އައީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށް އެންމެ ފައިދާ ގޮތް އޮއްވާ 37 މިލިއަން ރުފިޔާ ޚަރަދުކޮށް އަދި ކަނޑުން ބޮޑު ބައެއް ދޫކޮށްލަން ޖެހޭ ގޮތަށް ނިންމުން އައީ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ. އަދި ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތަށް ސަރުކާރަށް ލަފާ ދޭ ބައިނަލްއަޤްވާމީ މާޙިރުން ވެސް މިދިޔަ ސަރުކާރުން ޤައުމަށް ގެއްލުންވާނެ މިފަދަ ރޫޓެއް ޚިޔާރުކުރި ކުރުމާއިމެދު ސުވާލު އުފެއްދި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފު, އެންމެ މަތީ ޚިޔާނާތުގެ ކުށަކަށްވާނެ ކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމެއް. އަދި މިކަން މިކުރީވެސް ރައްޔިތުންގެ ފައިސާއިން 37 މިލިއަން ޚަރަދުކޮށްފައި. އެންމެ މަތީ ޚިޔާނާތުގެ ކުށެއް ނުވަތަ ޤައުމަށް ޣައްދާރުވުމުގެ ކުށެއް މިކުރީ ޚަރަދުވެސް ކޮށްގެން. މިވަރުކަމެއް ކޮށްފައި ތިބި ބަޔަކު ނިކުމެ ރައްޔިތުންގެ ގާތުގައި މި އެދެނީ ވޯޓަށް,” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މޮރިޝަސްއަށް ސޯލިހް, ފޮނުއްވެވި ސިޓީ އަނބުރާ ގެންނަވަން ނިންމެވީ އެއީ މިވަރުގެ ޚިޔާނާތަކަށްވާތީ ކަމަަށެވެ. އެހެން ކަމުން ރިޔާސީ ބަޔާން އިއްވެވި ދުވަހުގެ މެންދުރު ފަހު އެ ސިޓީ އަނބުރާ ގެންނަވާކަން މޮރިޝަސް ސަރުކާރަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް

DSC

މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ އަރަބި ގައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި: ރައީސް

455686 c0228330 2

ހަނގުރާމައިގެ ސަބަބުން ދިވެހީންނަށް ކުރާނެ އަސަރު ކުޑަކުރަން މަސައްކަތް ފަށައިފިން: ރައީސް

453750 70fcf7f4 c

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި