ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީ ވެރިރަށުގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާދީ ގޮއްވާލުމުން ޓްރަމްޕް ރުޅިގަދަވެއްޖެ

ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދިނުމުގެ ސަބަބުން އަލިފާން ރޯވެ އަނދާ މަންޒަރު ފެންނަ ވީޑީއޯގެ ސްކްރީންޝޮޓެއް:
STO_Ads
TTH_Ads
Advertisement

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާދީ، އެމްބަސީ ގޮއްވާލުމުން އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުޅިއައިސް ރަތްވެއްޖެއެވެ.

ރުޅިއައިސްގެން ޓްރަމްޕް ވަނީ، އީރާނަށް ވަރަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ.

ޓްރަމްޕް ބުނީ، ސައުދީ ވެރިރަށުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދިނުމުން އެމެރިކާއިން ރައްދުދޭގޮތް އީރާނަށް ނިކަން އަވަހަށް ފެނިގެންދާނޭ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނުން ދިން ހަމަލާތަކާއެކު އެމެރިކާ އެމްބަސީ ގޮވައި ވަރުގަދައަށް ރޯވެ އަނދަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތައް ދައުރުވާން ފަށާފައި ވެއެވެ.

އީރާނުން އެމެރިކާ އެމްބަސީއަށް ހަމަލާ ދީފައިވަނީ 2 ޑްރޯން ބޭނުންކޮށްގެންނެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދިން އިރު އެތަނުގައި އެއްވެސް މީހަކު ހުރެދާނެ ކަމަށް ނުބެލެވޭ ކަމަށާއި، އީރާނުން ހަމަލާ ދިން ވަގުތަކީ އެމެރިކާ އެމްބަސީ ރޭގަނޑަށް ބަންދުކޮށްފައި ހުރި ވަގުތު ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގައި ސައުދީގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހާއި އަދި ވައިގެ ސަރަހައްދުވެސް ބޭނުންކޮށްފައިވާތީ، އީރާނުން ގެންދަނީ ސައުދީގައި ހުރި އެމެރިކާގެ ހުރިހާ ތާނަށް ހަމަލާތައް ދެމުންނެވެ.

އެކަމަކު، ސައުދީ ސަރުކާރުގެ އެއްވެސް ތަނަކަށް އީރާނުން މިހާތަނަށް ހަމަލާ ދީފައެއް ނުވެއެވެ.

ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނީގެ ތަންތަނަށް އީރާނުން ހަމަލާދިން ކަމަށް ބުނެ އަޑުތައް ފެތުރިގެން ދިޔައިރު، އެއީ، އީރާނާއި ސައުދީ އަރަބިއްޔާ ޖެއްސުމަށްޓަކައި އިސްރާއީލުގެ މޮސާޑުން އޭޖެންޓުން ފޮނުވައިގެން ކުރާން އުޅުނު ކަމެއް ކަމަށް ވަނީ ފަޅާއަރާފައެވެ.

ގަލްފްގެ އެތައް ގައުމަކަށް އީރާނުން ރައްދު ހަމަލާތައް ދެމުން ގެންދާއިރު، އީރާނުގެ ހުރިހާ އަމާޒެއް ހުރީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެއަރބޭސްތަކާއި، އެމެރިކާގެ މަސްލަހަތުތަކެވެ.

އީރާނުން ކުރިންވެސް އިންޒާރުދީ ބުނަމުން ގޮސްފައިވަނީ، އީރާނަށް ހަމަލާ ދީފިނަމަ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެއްވެސް ތަނެއް ސަލާމަތް ނުވާނޭ ކަމަށެވެ.

އަދި އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެއީ، މުޅި މެދުއިރުމަތިން އެމެރިކާގެ ބާރު ކެނޑި، ނެތިގެންދާނެ ކަމެއްކަމަށް ހަދާނޭ ކަމަށެވެ.

އީރާނުން ބުނިގޮތަށް އީރާނުން ގެންދަނީ ކަންތައް ކުރަމުންނެވެ.

އަދި ގަލްފްގެ ގައުމުތަކުން އެމެރިކާއަށް ބިލިއަނުން އެތައް ޚަރަދެއްކޮށް، އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމްކޮށްފައި ހުރި ނަމަވެސް، އެ ގައުމުތައް ދިފާއުކުރުމުގެ ގާބިލްކަން އެމެރިކާގައި ނެތްކަން މިހާތަނަށް ވަނީ ހާމަވެގެން ގޮސްފައެވެ.

އަދި ކިތަންމެ އަޑުގަދަކޮށްފައި އުޅުނަސް އީރާނުގެ ކުރިމަތީގައި ގަލްފްގެ ގައުމުތަކަކީ އެއްވެސް އެއްޗެއް ނޫންކަން އީރާނުން ވަނީ، ވޭތުވެދިޔަ ތިންދުވަސް ތެރޭ ސާބިތުކޮށްދީފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް