ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާމަނާއީގެ އޮފީހުން ހަނގުރާމައިގެ ރައީސްގެ ވާހަކަތައް ދޮގުކުރުން: ޚާމަނާއީ ގަދަވެސަލާމަތުން އެބަހުންނެވި

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ޓީމާއެކު، އީރާނަށް ހަމަލާދޭ މަންޒަރުތައް މޮނިޓަރކުރާ ކޮޓަރީގައި: މިކަން ކުރަނީ ޓްރަމްޕްގެ ރިސޯޓެއްގައި
STO_Ads
TTH_Ads
Advertisement

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލައިފި ކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތައް، ޚާމަނާއީގެ އޮފީހުން ދޮގުކޮށްފިއެވެ.

ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް ފުރަތަމަ ރިޕޯޓްކުރީ ޒަޔަނިސްޓު މީޑިއާއިންނެވެ.

އޭގެފަހުން، މުޖުރިމު ނަތަންޔާހޫ ފިލާހުރެ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް ދެވުނު ހަމަލާތަކަށްފަހު “ފެންނަ ނިޝާންތަކުން” ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

HajjCop_ads
Advertisement

އޭގެފަހުން، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ، ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް ބުނެފައެވެ. ޓްރަމްޕް އެކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާމަނާއީ އަވަހާރަ ކޮށްލެވިއްޖެ ކަމަށް ބުނެ ދުޝްމަނުން ވާހަކަތައް ފެތުރުމަކީ ނަފްސާނީގޮތުން މީހުންގެ ހިތްތަކާ ކުޅެލުމަށް ރާވައިގެން ކުރާ ކަމެއް ކަމަށެވެ.

ޚާމަނާއީ ގަދަވެ ސަލާމަތުން އެބަ ހުންނެވި ކަމަށާއި، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އީރާނުން ކުރަމުންދާ ހަނގުރާމައިގެ އިސް ކޮމާންޑްގައި އިންނެވީވެސް ޚާމަނާއީ ކަމަށް ބުނެފައި ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވެސް، ތަންކޮޅެއް ކުރިން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ރޫހީ ލީޑަރާއި، އީރާނުގެ ރައީސާއި، ޕާލަމެންޓުގެ ރައީސްވެސް ސަލާމަތުން އެބަ ތިއްބެވި ކަމަށް އެނގިފައިވާ ކަމަށެވެ.

އީރާނަށް ދިން ވައިގެ ހަމަލާތަކުގައި ޚާމަނާއީގެ އިތުރުން، އަވަހާރަ ކޮށްލެވިފައިވާ ކަމަށް ބުނެ އިސްރާއީލުން ވަނީ އީރާނު ވެރިންގެ ލިސްޓެއް އާންމުކޮށްފައެވެ.

އެ ލިސްޓުގައި، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ދެން ހިމެނެނީ، ޚާމަނާއީގެ އިސް މުޝީރު އަލީ ޝަމްޚާނީއާއި، ޑިފެންސް މިނިސްޓަރ އަޒީޒް ނާސިރުޒާދީއާއި، ރޫހީ ލީޑަރުގެ އަސްކަރީ ބިއުރޯގެ ވެރިޔާ މުހައްމަދު ޝީރާޒީއާއި، އައިއާރްޖީސީގެ ވެރިޔާ މުހައްމަދު ޕަކްޕައުރުއާއި، ޖާސޫސީ ވެރިޔާ ސާލިހް އަސަދީއެވެ.

މިއިން އެއްވެސް ބޭފުޅަކަށް ކަމެއް ވީކަމަށް އީރާނުން އަދި ހާމަކޮށްފައެއް ނުވެއެވެ. އީރާނުގެ ރަސްމީ މީޑިއާއިންވެސް އިސްރާއީލާއި އެމެރިކާގެ ވާހަކަތައް ދޮގު ކުރެއެވެ.

އެކަމަކު، އީރާނުގެ ފާރސް ނޫހުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި އަދި ކާފަދަރިކަލަކު އަވަހާރަވެފައިވާ ކަމަށެވެ. ހަމަލާ އަމާޒުވީ އެ ބޭފުޅުން ކޮންތަނެއްގައި ތިއްބަވަނިކޮށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން މިހާރުވެސް އީރާނުގެ ވެރިރަށް ތެހެރާނަށް ބޮންއަޅަމުން ގެންދާއިރު، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލްގައި ލިޔުނު ޕޯސްޓެއްގައި އީރާނު ސިފައިންނަށާއި ފުލުހުންނަށް ގޮވާލާފައިވަނީ ރައްޔިތުންނާ ގުޅިގެން އީރާނު ސަރުކާރު ވައްޓާލުމަށެވެ.

އަދި އެމެރިކާއާއި އިސްރާއީލުން އެއްދުވަސްތެރޭ ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ ބޮޑުބައެއް ސުންނާފަތި ކޮށްލެވިފައިވާ ކަމަށާއި، އެމެރިކާގެ މަގްސަދު ހާސިލްކުރުމަށް ހަފްތާއަކަށް ނުވަތަ އެއަށް ވުރެންވެސް ދިގު މުއްދަތަކަށް އީރާނަށް ވައިގެ ހަމަލާތައް ދިނުން ކުރިއަށް ދާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

މެސެޖްގެ ޒަރީއާއިން އީރާނާއި އެމެރިކާ ވާހަކަ ދައްކަނީ، އެމެރިކާއިން ރޭގައި އީރާނަށް ހަމަލާނުދޭ

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ބުނެފި

ސައުދީ އިތުރު އުޅަނދަކަށް ހަމަލާދީފިނަމަ އީރާނާއި ހޫޘީންނަށްވެސް އަސްކަރީ ހަރުކަށި އަދަބުދޭނަން: ޓްރަމްޕް