ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލައި ދުބާއީގެ ބޯޓެއް އަނބުރާ ރާއްޖެ އަތުވެއްޖެ

247493c7 1fc8 4cb6 9274 4753f44ed337
TTH_Ads
STO_Ads
Advertisement

މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް ދަތުރު މެދުކަނޑާލުމަށްފަހު އަނބުރާ ރާއްޖެ އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދިއުމަށް ފުރާފައިވަނީ މިއަދު މެންދުރުފަހު 14:14 ގައެވެ. ނަމަވެސް މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އައި ބަދަލުތަކާއެކު، އެ ބޯޓު ވަނީ ހަވީރު 16:45 ހާއިރު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.

މެދުއިރުމަތީގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރަން ފަށާފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން އެ ހަމަލާތަކަށް ރައްދު ދޭން ފެށުމާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އެ ގައުމުގެ މައި ހަތަރު ސިޓީއަކަށް ވަނީ މިސައިލް ހަމަލާތަކެއް އަމާޒުކޮށްފައެވެ.

HajjCop_ads
Advertisement

މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލުގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. އީރާނުގެ ހަމަލާތައް އަމާޒުވި ގައުމުތަކުގެ ތެރޭގައި ގަތަރު، ބަހްރެއިން، ކުވެއިތު، އުރުދުން އަދި ޔޫއޭއީ ހިމެނެއެވެ. މީގެ ތެރެއިން ބަހްރެއިނުން ވަނީ އީރާނުން ފޮނުވާލި ދެ މިސައިލެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާއިރު، ގިނަ އެއާލައިންތަކަކުން ދަނީ އެ ސަރަހައްދުގެ ދަތުރުތަކަށް ބަދަލު ގެންނަމުންނެވެ. އީރާނުގެ މައި ސިޓީތަކަށް ދިން ހަމަލާތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މިހާރު ދަނީ އާންމުވަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

SAARC-AA ކޮންފަރެންސްގެ އިބްތިދާއީ ވޯކްޝޮޕެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބާއްވަނީ

ކަމަދޫ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

tourist

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފި

އޮމަދޫ ވޮލީ ކޯޓުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދަނީ