ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ ސްޓޭޓް އޮފް ދަ ޔޫނިއަން ތަގްރީރަށް އެންމެން އިންތިޒާރު ކުރަނީ، އީރާނާމެދު ނިންމިގޮތް އިއުލާންކުރާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްޓޭޓް އޮފް ދަ ޔޫނިއަން ތަގްރީރަށް ގިނަ ބަޔަކު އިންތިޒާރު ކުރަން ފަށައިފިއެވެ.

އެއީ، އީރާނާމެދު އަޅަން ނިންމި ފިޔަވަޅުތަކުގެ ތަފްސީލް ތަގްރީރުގައި ޓްރަމްޕް ހާމަކުރާނެ ކަމަށް ބެލެވިގެންނެވެ.

އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމައިގެ ބިޔަ ލަޝްކަރުތައް ޖަމާކޮށްފައި ވާއިރު، އެމެރިކާގެ ސެނޭޓްގެ އިންޓެލިޖެންސް ކޮމިޓީ ނުވަތަ “ގްރޫޕް އޮފް އެއިޓް” ގެ މެމްބަރުންނަށް އީރާނު މައްސަލައިގެ އެންމެ ފަހު މައުލޫމާތު މީގެ އިރުކޮޅެއް ކުރިންވަނީ ދީފައެވެ. މި މައުލޫމާތު ދީފައިވަނީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައެވެ.

HajjCop_ads

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދެއްކި ބައެއް މެމްބަރުން ބުނެފައިވަނީ، ކުރިއަށް ހުރީ މެދުއިރުމައްޗަށާއި، އަދި އެމެރިކާއަށްވެސް ސީރިއަސް ދުވަސްތަކެއް ކަމަށެވެ.

ސެނޭޓްގެ ޑިމޮކްރަޓިކް މެމްބަރު އަދި އިންޓެލިޖެންސް ކޮމިޓީގެ ޑެޕިއުޓީ ޗެއަރމަން މާރކް ވާރނަރ ބުނީ، އެމެރިކާއިން ހާސިލްކުރަން ބޭނުންވާ އަމާޒާއި، މަސްލަހަތުތަކާއި އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރާނެ ގޮތެއް ޓްރަމްޕް، ސްޓޭޓް އޮފް ޔޫނިއަން ތަގްރީރުގައި އެމެރިކާގެ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނޭ ކަމަށެވެ.

ޑިމޮކްރަޓިކް ސެނެޓަރ ޗަކް ޝުމަރ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، ޓްރަމްޕްގެ ނިންމުން އެމެރިކާގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދޭން ޖެހޭނޭ ކަމަށާއި، ޓްރަމްޕްގެ ތަގްރީރުގައި އެކަން ކުރާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޑިމޮކްރަޓިކް މެމްބަރު ޖިމް ހައިމްސް ބުނީ، މެދުއިރުމަތީގައި އަނެއްކާވެސް ހަނގުރާމައެއް ފަށަން އެމެރިކާއިން ދައްކާނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. މިކަމާ ވަރަށް ކަންބޮޑުވާކަންވެސް އޭނާ ހާމަކޮށްފައި ވެއެވެ.

ސްޓޭޓް އޮފް ޔޫނިއަން ތަގްރީރުގެ ކުރިން، އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާއި ޖާސޫސީ މައުލޫމާތު އެމެރިކާގެ ކޮންގްރެސްގެ ތިރިގެއާއި މަތިގޭގެ ވެރިންނަށް ކުރިން ދިނުމަކީ، ޓްރަމްޕްގެ ތަގްރީރުގައި ސީރިއަސް ވާހަކަތަކެއް ހާމަކުރާނޭ ކަމުގެ ހެއްކެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޚަބަރު ލިބޭގޮތުގައި، ޓްރަމްޕްގެ ތަގްރީރު އަޑުއަހަން ޖަލްސާއަށް ނާންނާނެކަން އިދިކޮޅު ޑިމޮކްރޭޓުންގެ 70 ވަރަކަށް މެމްބަރުންވަނީ އަންގާފައެވެ.

ގްރޫޕް އޮފް އެއިޓްގެ ބައްދަލުވުމަށް ދިޔަ ބައެއް މެމްބަރުންގެ ވާހަކަތައް ހުރިގޮތުން، އީރާނަށް ހަމަލާދޭން ޓްރަމްޕް ނިންމާފައިވާކަން ދޭހަވެއެވެ. އެކަމުގެ ސީރިއަސްކަމުގެ ވާހަކަ އެ މެމްބަރުން ގެންދަނީ ދައްކަމުންނެވެ.

އެމެރިކާ ސިފައިންގެ ހަރަކާތްތަކަށް ފާރަލާ މީހުން ބުނަނީ، އެމެރިކާ ސިފައިންގެ ހަރަކާތްތައް މިހާރު ހުރިގޮތުން އީރާނަށް ހަމަލާދޭން ޓްރަމްޕް ނިންމާފައިވާކަން ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާއިން އީރާނަށް ހިސާހިތަކު ހަމަލާ ދޭން ފަށާފާނެއެވެ. އަނެއްބައި ރިޕޯޓްތައް ބުނަނީ އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށާނީ ހުކުރު ދުވަހު ކަމަށެވެ.

ޓްރަމްޕްގެ ސްޓޭޓް އޮފް ދަ ޔޫނިއަން ތަގްރީރު ކޮންގްރެސް އިމާރާތުގައި ދޭން ހަމަޖެހިފައި ވާއިރު، މުޅި އެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ

ހަނގުރާމައިގެ ތެރޭގައި އީރާނުގެ ފައިޓަރ ޖެޓުތަކުން ދިން ކާމިޔާބު ހަމަލާތަކުގެ މައުލޫމާތު އީރާނުން ހާމަކޮށްފި

އީރާނުގެ ހުށަހެޅުމާމެދު އެމެރިކާގެ ރައީސް އަދިވެސް މަޝްވަރާކުރަނީ، ނިންމާނެގޮތެއް އަދި ނޭނގޭ!