ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލާމަރުކަޒީ އުސޫލުގައި ކައުންސިލުން ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭކަމަކަށް ނޯވޭ: ޙަލީމް

DSC
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިީމް އަބްދުއްރައްޒާޤް ހަލީމް
Ads_mulhiraajje

އިދިކޮޅު ކައުންސިލެއް އޮންނަންޖެހެނީ ސަރުކާރު ޖަވާބުދާރީކުރުވުމަށްކަމަށް އިދިކޮޅުން ބުނިނަމަވެސް، ލާމަރުކަޒީ އެއްވެސް އުސޫލެއްގައި ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭކަމަށް ނޯންނަކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެސް ސީއީއޯ އިބްރާހީމް ޢަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. ޙަލީމް މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ގަލޮޅު ދެކުނު ކެމްޕެއިން އިފްތިތަޙްކުރުމުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރާ އިދިކޮޅު މެންބަރުން އިންތިޚާބުކުރަންޖެހެނީ ސަރުކާރު ޖަވާބުދާރީކުރުވުމަށްކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ޙަލީމް ރޭ ވަނީ ރައްދު ދެއްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާލުވީ ލާމަރުކަޒޫ އުސޫލުގެ ދަށުން ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދީފައިވާއިރު އެއިން އެއްވެސް އުސޫލެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭނެކަން ހިމަނާފައި ނެތްކަމަށެވެ. އެ އުސޫލުގައި ބަޔާންކުރާގޮތުގައި ކައުންސިލްތަކުގައި ތިއްބަވާނީ ރައްޔިތުންގެ ތަރައްޤީއާއި ލާބަޔަށް މަސައްކަތްކުރާ ބައެއްކަމަށް ޙަލީމް ވިދާޅުވިއެވެ. އަދި  ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ އެކި ރަށްރަށު ރައްޔިތުންގެ ކަންކަން ޑިމޮކްރަސީ އަދި ޖަވާބުދާރީ ވެނިވި އުސޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާއި އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދީ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމު ކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީގެ އެއްވެސް އުސޫލެއްގައި ނުވޭ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަކަށް. އެއްވެސް ދިމާލަކުން ހޯދައި ބެލުމުންވެސް ކައުންސިލްތަކުގެ މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ބައެއް ކަމަށް ފެނިފައެއް ނުވޭ.

Maldivian_Ads

އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވިގޮތުގައި ލާމަރުކަޒީ އުސޫލުން ކަންކަން ކޮށްދިނުމަށް ފަސޭހަވަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށެވެ.

ޙަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުިއްޒުގެ ތަރައްޤީގެ ތަސައްވުރާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ދެކެވަޑައިގެންފައިވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ހަމައެކަނި މި އުސޫލުން، މި ބޭނުމުގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހޮވައިގެންކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

 

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ މޭޔަރުކަމުގެ ދެވަނަ ދައުރެއް ނިޒާރަށް

މާދަމާ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 16:00އަށް

Original

މާލެ ސަރަޙައްދުގެ ގިނަ ވިޔަފާރިވެރިންގެ ތާޢީދު މޫސާ ޢަލީ ޖަލީލަށް

އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަ ހުޅުވައިފި