ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު އެވްރެޖްކޮށް ދުވާލަކު 8000 ފަތުރުވެރިން އާދޭ

tourist arrival
TTH_Ads
STO_Ads
Advertisement

މިއަހަރު އެވްރެޖްކޮށް ދުވާލަކު 8000 ފަތުރުވެރިން އައިސްފައި ވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 381،870 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.5 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

MMA_Ads
HajjCop_ads
Advertisement

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:
• ޗައިނާ: 67،185 ފަތުރުވެރިން
• ރަޝިއާ: 46،636 ފަތުރުވެރިން
• އިޓަލީވިލާތް: 40،345 ފަތުރުވެރިން
• އިނގިރޭސިވިލާތް: 38،162 ފަތުރުވެރިން
• ޖަރުމަނުވިލާތް: 24،980 ފަތުރުވެރިން

މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 283،272 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 111،390 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 416،969 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި 1065 ފަތުރުވެރިން ރާއްޖެ އައީ ކަނޑުމަގުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ އިން ބޭންކްތަކަށް %25 އިތުރަށް ޑޮލަރު ދޫކުރަނީ

mma

ފައިނޭންޝަލް އެކްސްޕޯ: މާލީ ދާއިރާގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު

MMA

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަން އައި.އެމް.އެފް އިން ފާހަގަކޮށްފި

tourist arrival

މި މަހުގެ ނިޔަލަށް ރާއްޖެއަށް 999،344 ފަތުރުވެރިން ޒިޔާރަތްކުރި