ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު ބުރެއްގެ ވާހަކަތައް ބުރާސްފަތި ދުވަހު، އީރާނު ފަހަތަށް ނުޖެހޭތީ ޓްރަމްޕްވެސް ސުވާލު އުފައްދައިފި

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އ
STO_Ads

އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ އިތުރު ބުރެއްގެ ވާހަކަތައް އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ވާހަކަތައް ބޭއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އުމާންގެ ޚާރިޖީ ވަޒީރު ބަދްރް އަލް ބުސައިދީއެވެ.

ވާހަކަތައް ބާއްވަނީ ޖެނީވާގައެވެ.

Maldivian_Ads

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އުމާންގެ ޚާރިޖީ ވަޒީރު ބަދްރް ވިދާޅުވީ، އެއްބަސްވުމެއް ފައިނަލް ކުރުމަށްޓަކައި ބުރާސްފަތި ދުވަހު ދެގައުމުގެ ދެމެދުގައި ވާހަކަތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެއްބަސްވުމަކަށް ދިއުމަށް އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ބާއްވާއިރު، އެމެރިކާއިން އަދިވެސް ގެންދަނީ ސަރަހައްދަށް ހަތިޔާރު ޖަމާކޮށް އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންނެވެ..

މިއީ، އީރާނަށް ބިރުދައްކައި މަޖުބޫރު ކޮށްގެން އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން ކުރާ ކަމެއް ކަމަށް ވިދާޅުވެ، އީރާނުގެ ރައީސާއި، ޚާރިޖީ ވަޒީރުވެސް ވަނީ ބިރު ދެއްކުންތަކުގެ ކުރިމަތީގައި އީރާނުން ބޯނުލަނބާނޭ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އެއްވެސް ޕްރެޝަރަކަށް އީރާނު ބޯނުލަނބާނޭ ކަމަށާއި، އީރާނުން އަމާން ނުދޭނޭ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހޮނިހިރު ދުވަހު ވިދާޅުވެފައި ވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އާދީއްތަ ދުވަހު ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއަށް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރަން ޖެހޭނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށާއި، އީރާނު ވަށައިގެން ހަނގުރާމައިގެ ލަޝްކަރުތައް ޖަމާކޮށް ބިރުދައްކައިގެން އީރާނު ނުގުޑާނެ ކަމަށް ޚާރިޖީ ވަޒީރު އައްބާސް ވިދާޅުވިއެވެ.

އައްބާސް އަރަޣްޗީ ވިދާޅުވީ، އީރާނުގެ ނިއުކްލލިއަރ ޕްރޮގްރާމް އެކަށް މޮނިޓަރ ކުރުމުގެ ނިޒާމެއް ގާއިމްކުރަންވެސް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.

އެމެރިކާއާ އެކު ބާއްވާ ވާހަކަތަކަށް އީރާނުން އެތައް ކަމެއް ހުށަހަޅަމުން ގެންދެއެވެ. އެކަމަކު، އެމެރިކާއިން އެއްވެސް ކަމެއްގައި ދޫދޭން ބޭނުންވާހެނެއް ހިޔެއް ނުވެއެވެ. އެއްބަސްވުމަކަށް ދިއުމަށް އެމެރިކާއިން އީރާނަށް ދީގެން އުޅެނީ ވަރަށް ހަނި ފުރުސަތެކެވެ.

އެމެރިކާއިން އީރާނުގެ ކައިރިއަށް ހަނގުރާމައިގެ ލަޝްކަރުތައް ޖަމާކޮށް، އީރާނަށް ބިރު ދައްކަމުން ގެންދިއުމާއެކުވެސް އީރާނުން ގޮތްދޫނުކޮށް، ފަހަތަށް ޖެހުމެއްނެތި އަދި ހަނގުރާމައަށްވެސް ތައްޔާރުވެފައިވާތީ އެމެރިކާގެ ރައީސް ޓްރަމްޕްވެސް އެކަމާ ސުވާލު އުފައްދަމުން ގެންދާ ކަމަށް، އީރާނާއެކު ބާއްވާ ވާހަކަތަކުގައި އެމެރިކާ ތަމްސީލުކުރާ ސްޓީވް ވިޓްކޮފްވެސް ބުނެފައި ވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި ބްލޮކްކުރަން ގޮސްއުޅޭ އެމެރިކާގެ ކަނޑުގެ ލަޝްކަރު ފަހަތަށް ޖެހިއްޖެ

ލުބުނާނުން ހިޒްބުﷲ “ނައްތާލުމުގެ” ރަސްމީ ވާހަކަތައް ފަށަން ލުބުނާނާއި އިސްރާއީލުން އެއްބަސްވެއްޖެ

އެމެރިކާއިން ހޮރްމޫޒަށް ހުރަސްއަޅައި އަދި އީރާނަށް ދެން ލިބިފައިވާ ބާރުގެ ބޭނުންކޮށްފިނަމަ ދުނިޔެއަށް މާނުރައްކާ!

އީރާނުގެ ބަނދަރުތަކަށް ނުރައްކާ ކޮށްފިނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކަށް ރައްކާތެރިކަމެއްނެތް: އީރާނު އަސްކަރިއްޔާ