ކުއްލި ޚަބަރު

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ސަން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

މަރާމާތުގެ ބޮޑުބައެއް ނިންމުމަށްފަހު ވަގުތީގޮތުން ޖުމްހޫރީ މައިދާން ހުޅުވާލައިފި

Jumahooree maidhaan
ޖުމްހޫރީ މައިދާން އާންމުންނަށް ހުޅުވާލުން

އަލުން ތަރައްޤީކުރުމަށް ބަންދުކޮށްފައިި އޮތް ޖުމްހޫރީ މައިދާން ސަރަޙައްދު ވަގުތީގޮތުން ހުޅުވާލައިފިއެވެ. ޖުމްހޫރީ މައިދާން ސަރަހައްދު ހުޅުވީ އެތަން ތަރައްޤީކުރުމުގެ %90 ނިންމުމަށްފަހުއެވެ.

ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު  ވަނީ ބައްލަވާލައްވާފައެވެ. ޖުމްހޫރީ މައިދާން އަލުން ތަރައްޤީކުރުމަށް ބަންދުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެތަން ތަރައްޤީކުރުން ކުރިއަށްދަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.

23dbb121 23a2 430a b9cd cccbd0fb9646
ޖުމްހޫރީ މައިދާން ވަޒީރު ބައްލަވާލެއްވުން

ޖުމްހޫރީ މައިދާން ނުހުޅުވި މިހާތަނަށް ލަސްވީ، ފްލޯރިންއަށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ގެނައުމުގައި އުޅޭ ލަސްތަކެއްގެ ސަބަބުންކަމަށް އާރުޑީސީން ބުންޏެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނައަދަދަކަށް ބަޔަކު ހިތްފަސޭހަކޮށްލުމަށް ރޯދަމަހު ބޭނުންކުރާ މައިޒާނަކަށްވުމުން އެ ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލަން ނިންމީކަމަށްވެސް އެކުންފުނިން ބުންޏެވެ. އެތަން އާންމުންނަށް ހުޅުވާލިނަމަވެސް ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާތީ އެތަން އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އާރުޑީސީން ވަނީ އެދިފައެވެ.

ޖުމްހޫރީ މައިދާން ތަރައްޤީކުރަން ނިންމީ އެސަރަޙައްދަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު ކަންތައްތަކެއް ހިނގާފައިވާ އެންމެ ފަޚުރުވެރި އެއް ސަރަޙައްދަށް ވެފައި، މާލޭގެ މަލަމަތީގެ ހައިބަތު ހިފަހެއްޓުމާއެކު، އެ ސަރަޙައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޖުމްހޫރީ މައިދާން ސަރަޙައްދަކީ ރަސްމީ އެކި ހަރަކާތްތައް ހިންގުމާއި ހަވީރުގެ ވަގުތުގައި ކުޑަކުދިން ގޮވައިގެން އާއިލާތަކުންވެސް ޒިޔާރަތްކުރާ މުހިންމު ސަރަޙައްދެކެވެ. އަދި މިއީ ކޯއްޓޭގައި ހުންނަ ބޮޑު ދިދަޔާއެކު، މާލެއަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސަރަޙައްދެކެވެ.

ޖުމްހޫރީ މައިދާނުގައ ރަސްމީ ގިނަ ހަރާކްތަތަކެއް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އާރުޑީސީގެ އާ ލޯގޯ ލޯންޗު ކޮށްފި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

TTH_advertisement