ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަމަޟާން މުބާރިކް

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެކަން އިއުލާންކުރީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. އެޖަލްސާގައި މާދަމާއަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ރަސްމީކޮށް ވަނީ ކަނޑައަޅުއްވާފައެވެ.

ހަނދު ސާބިތުވިކަން އިޢުލާނުކުރައްވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާފައިވާ ހަނދާބެހޭ ބަޔާން މި ޖަލްސާގައި ވަނީ އިއްވާފައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރުއޮއްސުމަށްފަހު، ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ވެސް ހަނދު ފެނިފައިވާތީ، އެ ޤައުމުގައި ވެސް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

police

ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

raees Office

މަރޗް 9 އިން ފެށިގެން ރަމަޟާންމަހުގެ ފަހުދިހަ ބަންދު

TTH_advertisement