ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

Ads_mulhiraajje

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފަށައިފިއެވެ.

ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު 10:00ގައެވެ. ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށްގެންދަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އެއީ މާފަންނުގައި، ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ. ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުގައެވެ.

Maldivian_Ads

ކެންޑިޑޭޓުންގެ ގުރުއަތުލުން ފަށާފައިވާއިރު ގުރުއަތު ނަގަން ދާންވާނީ ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއެއް ފޮނުވަންޖެހޭނެއެވެ. މި ސިޓީގައި ގުރުއަތުނަގަން ދާ މީހާގެ ނަމާއި، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.

އެއްވެސް ކެންޑިޑޭޓަކަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ އެ މީހެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފައެވެ.

ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ މޭޔަރުކަމުގެ ދެވަނަ ދައުރެއް ނިޒާރަށް

މާދަމާ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 16:00އަށް

Original

މާލެ ސަރަޙައްދުގެ ގިނަ ވިޔަފާރިވެރިންގެ ތާޢީދު މޫސާ ޢަލީ ޖަލީލަށް

އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަ ހުޅުވައިފި