ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

Ist2
ހުޅަނގު އައްސޭރީގެ އަވަށެއްގައި އިސްތިއުމާރީ ސިފައިން ހަރަކާތްތެރިވަނީ:
TTH_Ads
STO_Ads
Advertisement

ހިފާފައިވާ ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރުމަށް އިސްތިއުމާރީ އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކޮށް ކޮންޓްރޯލް ކުރަން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ މިއަދުއެވެ.

މި ނިންމުމުގައި، ހުޅަނގު އައްސޭރީގައި ފަލަސްތީނު ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ އެތައް ސަރަހައްދެއް އިސްރާއީލުގެ ދަށަށް ގެންގޮސް، ޔަހޫދީ އިތުރު އާބާދީތައް ހެދުމާއި އަދި ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުން އިސްރާއީލުގެ އާންމުންނަށް ބިންތައް ގަނެވެން އޮންނަ އުސޫލުތައް ވަރަށް ބޮޑަށް ލުއިކޮށްފައި ވެއެވެ.

HajjCop_ads
Advertisement

މިސްރު، އިންޑޮނޭޝިޔާ، އުރުދުން، ޕާކިސްތާން، ގަތަރު، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި އިސްރާއީލުގެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވެއެވެ.

އަދި ބުނެފައިވަނީ، މިއީ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަށް ވެރިވެގަނެ، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރާއި ބިމުން ބޭރުކޮށްލުމުގެ އަމަލެއް ކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލުގެ އެއްވެސް ބާރެއް ނޯންނާނެކަން އެ ގައުމުތަކުން ހަނދާންކޮށްދީފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުގެ ވެރިކަމުގެ ފަރާތުން ގެންގުޅޭ ފަލަސްތީނު ބިންތަކަށް ވެރިވެގަތުމުގެ ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެ، ދެކޮޅުވެރިކަންވެސް އިތުރުވެގެންދާ ކަމަށް، ޚާރިޖީ ވަޒީރުންގެ ބަޔާނުގައި އިންޒާރު ކޮށްފައި ވެއެވެ.

އިސްރާއީލުގެ މި އަމަލުތަކަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅީން ޚިލާފް ނިންމުންތަކެއް ކަމަށާއި، މިއީ ދެދައުލަތުގެ ހައްލަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުގެ ސަބަބުން ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ހުރަސްތައް ކުރިމަތި ވަމުންދާ ކަމަށް، މިސްރު، އިންޑޮނޭޝިޔާ، އުރުދުން، ޕާކިސްތާން، ގަތަރު، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އިސްރާއީލު ކެބިނެޓުގެ ނިންމުން ކުށްވެރިކޮށް ޔޫރަޕިއަން ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ އަނެއްކާވެސް އިސްރާއީލުން ނުބައި މިސްރާބަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އިސްރާއީލުގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، މިއީ އިސްރާއީލުން އެޅި ވަރަށް ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ.

އަދި މިމައްސަލައިގެ ތެރެއަށް ވަދެ މިކަން ހުއްޓުވައި ދިނުމަށް ފަލަސްތީނުގެ ރައީސް ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕަށާއި، އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު