ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

DSC09861

އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތައް ވަނީ “ބާވެ، މުސްކުޅިވެފައި” ކަމަށް ވެރިކަންކުރާ ޕީއެންސީގެ ކެމްޕޭން މެޖޭނަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ޕީއެންސީން ބޭއްވި ކެމްޕޭން ޖަލްސާގައި ފަލާހު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަންނަ ކަމަށާއި ކައުންސިލް އިންތިޚާބުގައި ކައުންސިލް އިންތިޚާބު 80 ޕަސެންޓަށްވުރެ މަތިން އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށެވެ.

“އަންނަ ކައުންސިލް އިންތިހާބު ވަރަށް ބޮޑަށް މުހިންމުވޭ އެބަ. މި ގައުމަށްޓަކައި ރަށްރަށުގެ ތަރައްގީއަށްޓަކައި މުހިންމު އިންތިހާބެއް. މި އިންތިހާބުގައި ނިންމަން މި އޮތީ މި ރަށްރަށާއި ސިޓީތަކުގެ ތަރައްގީއާ އެކު ކުރިއަށްދާނީތޯ ނުވަތަ މިހާރު މި އޮތް ގޮތަށް ބާއްވާނީތޯ،” އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީއަކީ މުސްކުޅި ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ޒުވާން ލީޑަރުން ނެތް ކަމަށެވެ.

“އެމްޑީޕީއަކީ މުސްކުޅި ޕާޓީއެއް. ޒުވާން ލީޑަރެއް ނެތް. ޒުވާން ވިސްނުމެއް ނެތް. 2008އިން ފެށިގެން ގެންގުޅުނު ސިޔާސަތުތައް އެ ގެންގުޅެނީ. އެއެއް ނުވިކޭ މިހާރު. ބައެއް ރަށްރަށުން ނުކުންނާނެ ކެންޑިޑޭޓުން ވެސް ނުވެގެން ބައެއް ގޮނޑިތައް އަޅުގަނޑުމެންނަށް ފްރީކޮށް ވެސް އެބަ ލިބޭ،” ފަލާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މާވަޑިޔާ
އެހެންމީހުންގެ ވާހަކަ ނުދައްކާ ތިމަންމެންގެ މޮޅުވާހަކަ ދައްކަބަލަ!

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް