ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

90 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދިޔަ: ރައީސް

TTH_Ads
STO_Ads

މިސްކިތް ހެދުމާއި، މިސްކިތް މަރާމާތު ކުރުން ހިމެނޭހެން މިދިޔަ އަހަރު 90 މަޝްރޫއެއްގެ މަސައްކަތް ފަށައިފައިވާ ކަމަށާއި ރޯދައިގެ ކުރިން އަށް މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއެކެވެ. މިއީ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޔާސީ ބަޔާން އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އިއްވާ ދުވަހެވެ. މި ބަޔާނުގައި ޤައުމުގެ ހާލަތު އޮތްގޮތާއި އެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތައް ނުވަތަ ކުރިއަށް އޮތް އަހަރަށް ޤައުމާމެދު ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހާމަ ކުރައްވައެވެ.

ދިވެހި ތާރީޚު ދައްކާގޮތުގައި މިއަދު އަޅުގަނޑުމެން މިކިޔާ ރިޔާސީ ބަޔާނަކީ 90 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސަގާފަތެކެވެ. އެންމެ ފުރަތަމަ މިފަދަ ބަޔާނެއް ދެއްވީ މީގެ 93 އަހަރު ކުރިން 1932ގެ ޑިސެމްބަރ މަހުގެ 22ވަނަ ދުވަހު އޭރު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3ވަނަ ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެމަނިކުފާނު “ޚުޠުބަތުލްޢަރުޝި” ގެ ނަމުގައި ރިޔާސީ ބަޔާނެއް ދެއްވީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައެވެ.

Maldivian_Ads

އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް ދިވެހި ޤައުމުގެ ހާލަތާއި ކުރިމަގުގެ ތަސައްވުރު ހާމަކުރެއްވިއެވެ. އަދި ޤައުމުގެ ސިޔާދަތާއި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. މިއަދާހަމައަށްވެސް ދިވެހިރާއްޖޭގެ ވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް އިވޭ ރިޔާސީ ބަޔާންތައްވެސް މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ މިކަންކަމުގެ މައްޗަށެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރައްޔިތުންވެސް ކޮންމެ އަހަރަކު އިންތިޒާރުކުރާ ދުވަހެކެވެ. އެއީ ރައްޔިތުން ޤައުމުގެ ހުންގާނު ހަވާލުކުރެއްވި ވެރިޔާ އެ ރައްޔިތުންގެ މުސްތަގުބަލު ބައްޓަންކުރައްވުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާތީއެވެ. ކޮންމެ ރައްޔިތަކަށްވެސް މަންފާކުރާނެ އުއްމީދީ ވާހަކަތަކެއް އެ ބަޔާނުގައި ހުންނާނެކަން ގަބޫލުކުރެވޭތީއެވެ.

މިހާތަނަށް ޤައުމުގެ ވެރިން އިއްވާފައިވާ ރިޔާސީ ބަޔާންތަކަށް ބަލާއިރު ޤައުމުގެ އޭރުގެ ހާލަތު ވަރަށް ސާފުކޮށް ބަޔާންކުރެއެވެ. އަދި ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާކަންކަން އެ އަހަރެއްގައި ހާސިލްކުރެވިފައިވާ މިންވަރު ޖެހިގެން އަންނަ އަހަރުގެ ބަޔާނުގައި ހާމަކުރައްވައެވެ. އަދި އިތުރަށް ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާކަންކަން ތަފްސީލާއެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނައް ހާމަކޮށްދެއްވައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވާނީ އެމަނިކުފާނުގެ 3ވަނަ ރިޔާސީ ބަޔާނެވެ. ކުރީ ދެ އަހަރުގައިވެސް އެމަނިކުފާނު އިއްވެވި ބަޔާންތައް ފާހަގަކުރެވެނީ ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ އިއްވި ރިޔާސީ ބަޔާނުން ނަމޫނާ ނަންގަވައިގެން އިއްވެވި ބަޔާންތަކެއްގެ ގޮތުގައެވެ. އެގޮތުން، އެމަނިކުފާނުގެ ރިޔާސީ ބަޔާންތަކުގައިވެސް ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ޤައުމު ކުރިއެރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުވެސް ހާމަކުރެއްވިއެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާންތަކަށް ބަލާއިރު ގިނަ މެންބަރުން ގަބޫލުކުރައްވާގޮތުގައި އެ ދެ ބަޔާނަކީ މިހާތަނަށް ޤައުމެއްގެ ރައީސަކު އިއްވެވި އެންމެ ފުރިހަމަ އަދި އުއްމީދީ ބަޔާންތަކެވެ. ކޮންމެ އަހަރެއްގައިވެސް ކުރިއަށްގެންދަން އިއުލާންކުރައްވާ ގިނަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ހާސިލްކުރައްވާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނަށްވެސް އެތައް ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ. އެންމެންވެސް އެނގެން ބޭނުންވަނީ ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް މިއަހަރަށް ސަރުކާރުން ރާވާފައިވާ ކަންކަމެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް