ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަން އިން އޭޓީއާރް ދެ ބޯޓު ގެންނަން ނިންމައި ފައިސާ ހޯދަނީ

maldivian

ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ގެންނަން ނިންމައި އެ ދެ ބޯޓަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދަން އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާންކޮށްފިއެވެ.

އައިއޭއެސްއެލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ, އެ ކުންފުނިން ގެންނަން ނިންމާފައި ވަނީ އޭޓީއާރު 600-42ގެ ދެ ބޯޓު ކަމަށެވެ.

މި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މި އަހަރުގެ އޮގަސްޓް މަހު ފޯރުކޮށްދޭން ޖެހޭއިރު ދެވަނަ ބޯޓު އޮކްޓޫބަރު 2027 އަށް ފޯރުކޮށްދޭން ޖެހެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:59 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

މޯލްޑިވިއަންގައި މިހާރު ވެސް އޭޓީއާރް މަރުކާގެ ފަސް ބޯޓު އޮވެއެވެ. ފަސް ވަނަ ބޯޓު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

އޭޓީއާރް މަރުކާގެ ބޯޓެއް އެންމެ ފުރަތަމަ މޯލްޑިވިއަނުން ގެނައީ 2023 ވަނަ އަހަރުއެވެ. އެ އަހަރު އޭޓީއާރް ތިން ބޯޓު ގެނައެވެ.

އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައި ބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ މަތިންދާ ބޯޓެކެވެ. އަދި އޭޓީއާރް މަތިންދާބޯޓުތަކުގެ ތެލުގެ ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރާ ންޖެހޭ ހަރަދުވެސް ކުޑައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި

maldivian

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން

މާލެއާއި ޑާކާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށައިފި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ