ކުއްލި ޚަބަރު

ކާވާ ޗެމްޕިއަންސް ލީގުގައި ބިދޭސީ ފަސް ޓީމާއި ރާއްޖޭގެ ހުރަ އާއި ވެމްކޯ

ފަރުވާ ދެމުން ދަނިކޮށް، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

މިލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތްް ހުޅުވައިފި

ށ.މިލަދޫގައި މި ސަރުކާރުން ގާއިމުކުރި އެ ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތް ސިއްހަތާ ބެހޭ ވަޒީރު އަބްްދުުﷲ ނާޒިމު ހުޅުވައިދެއްވަައިފިއެވެ.

އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ތެރެއިން ނ.މިލަދޫގައި ގާއިމުކުރި ސިއްހީ މަރުކަޒު ސިއްހަތާ ބެހޭ ވަޒީރު ނާޒިމު ހުޅުވައިދެއްވީ އެ އަތޮޅުގެ ރަށްރަށަށްް އޭނާ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިލަދޫ ސިއްހީ މަރުކަޒު ހުޅުވައިދެއްވުމުގެ އިތުރަށް އެ ރަށާއި ނ.މާޅެންދޫގައި އަލަށް ފެށި ލެބޯޓަރީގެ ހިދުމަތްވެސް ނާޒިމުވަނީ އިފުތިތާހުކޮށްދެއްވާފަައެވެ.

ސިއްހީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނާޒިމު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އެދެމުން އައި އެއްކަމަކީ ކޮންމެ ރަށެއްގައިވެސް ލެބޯޓަރީ ހިދުމަތް ގާއިމުކުރުމެވެ.

ނާޒިމު ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ގޮތަށް ސިއްހީ މަރުކަޒުތަކުގައި ލެބޯޓަރީ ހިދުމަތް ގާއިމުކޮށް، އެ ހިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ނިޔަލަަށް ނިންމެވުމަކީ ރައީސްގެ އަމާޒެކެވެ. އެމަނިކުފާނު ކަނޑައެޅުއްވި އެ އަމާޒަށް ވާސިލުވުމަށް ސިއްހީ ދާއިރާގެ އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިރަށުގެ ޞިއްޙީ މަރުކަޒަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން، އަދި ހަމަ ލެބޯޓްރީގެ ޚިދުމަތްވެސް އެކަށީގެންވާގޮތުގައި ނެތުމުގެ މައްސަލަ އޮތް. އެހެންކަމުން ރަށްރަށަށް ރައީސް ވަޑައިގަތުމުން އެންމެ ބޮޑަށް އަންނަ ރިކުއެސްޓަކީ ލްބޯޓްރީގެ ޝަކުވާ. އެހެންކަމުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެޚިދުމަތް ޤާއިމުކުރުމަށްދަނީ މަސައްކަތްކުރަމުން.،” ނާޒިމު

މިލަދޫ ސިއްހީ މަރުކަޒަށް 18 އަހަރުވީއިރު، ރަށުގެ އާބާދީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އައި ބަދަލުތަކާ އެކަށޭނެ ގޮތެއްގައި އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރެވިފައި ނެތުމުގެ ސަބަބުން ޖާގައިގެ ދަތިކަން އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ.

އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުން އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތާއެކު ބަލި ޖެހުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ނުވަތަ ޕްރިވެންޓޭޓިވް ކެއާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރުމަށް މަގުފަހިވާނެ ކަމުގައި ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

408748 e7e3f915 4

މިލަދޫ މަގު ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް

health ministry

ނަފްސާނީ ޞިއްހަތުގެ ޤައުމީ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން ވަގުތީ ނަަންބަރެއް ދީފި

މިހާތަނަށް ކޮވިޑް ގެ 107 ކޭސް ރިޕޯޓްކޮށްފައިވޭ: ޞިއްޙީ ވުޒާރާ

Gkivjyrwqaagsc3

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިންސްޕެކްޝަނެއް ފަށައިފި

TTH_advertisement