ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އިޤްތިޞާދީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްޠާން ބިން ސާލިމް ބިން ސައިދު އަލް ހަބްސީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. ޚާއްޞަކޮށް، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަކީ މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްޞަދު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކަނޑުދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގައި ހަކަތައާ ގުޅޭ މަޝްރޫޢުތައް ހިންގުމާއި، ދެ ފަރާތުން ޝައުޤުވެރިވާ އެހެނިހެން މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ މާލީ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ދެ ޤައުމުގެ މާލީ ވަޒީރުން ވަނީ ކުރިމަގުގައި މި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި