ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިމުގެ 80 އިންސައްތަ ހިއްކައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ތ. ވިލުފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓުގެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންގޮސް، އެ މަސައްކަތުގެ 80 އިންސައްތަ ފުރިހަމަކޮށްފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެގޮތުން، ވިލުފުށީގެ އެއަރޕޯޓަށް ބޭނުންވާ ބިމުގެ 81 ހެކްޓަރުގެ ތެރެއިން 65 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވިލުފުށީގެ އެއަރޕޯޓު މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ ނޮވެންބަރު މަހު 14 ވަނަ ދުވަހުއެވެ. މިމަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރު ހުރި ފިލިޕޯ ބުރުނެލޭސްކީ ނަމަކަށް ކިޔާ ޑްރެޖަރެއްގެ އެހީގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މި އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިންގ އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ގާއިމުކުރާނެއެވެ.

ވިލުފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވިލުފުށީ އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވައި، ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަސައްކަތް މި ދައުރު ތެރޭގައި ނިންމަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ