ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

STO

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ މީހުންގެ ހުންނަންވާ ޝަރުތުތައް ބަޔާންކޮށްފައެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު ފޮނުވަންޖެހޭނީ [email protected] އަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ހަދާފައިވާ ޕްލެޓްފޯމް މެދުވެރިކޮށެވެ. ފޯމް ފޮނުވުމުގެ ސުންގަޑިއަކީ 25 ފެބްރުއަރީ 2026ގެ މެންދުރުފަހު 03:00 އެވެ.

މި މަގާމަށް އަންހެނުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ކުރި އިއުލާނުގައި ބާރު އަޅާފައިވެއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ އެއް މެންބަރާއި ސަރުކާރުގެ ފަރާތުން ހަ މެންބަރުންނެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ މެންބަރު އިންތިހާބުކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި