ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިޓައިމް ކޮންފަރެންސްގެ އިތުރު ބައިވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

78

މި އަހަރު ބާއްވާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް” ގެ އިތުރު ކޮންފަރެންސް ޕާޓްނަރުންނާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮންފަރެންސްގެ ހަތަރު ޕާޓްނަރުންނާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ:

  • ލޮޖިސްޓިކްސް ޕާޓްނަރު – މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)
  • ބްރޯޑްކާސްޓިން ޕާޓްނަރު – ޕީއެސްއެމް
  • ހޯސްޓިން ޕާޓްނަރު – ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ
  • މެގަޒިން ޕާޓްނަރު – މޯލްޑިވްސް މެރިޓައިމް ޖާނަލް (އެމްއެމްޖޭ)

މި ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި ކޯސްޓް ގާޑް، ޓްރާންސްޕޯޓް މިނިސްޓްރީ، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓް (އަންކްޓަޑް) އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާސް އަދި ސެކިއުރިޓީ އެންޑް ސޭފްޓީ ޕާޓްނަރުންނަށް ފުލުހުންގެ އިތުރުން އެކެޑަމިކް ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ވަނީ މީގެ ކުރިން ހަމަޖައްސައިފަ އެވެ.

މި އަހަރުގެ މެރިޓައިމް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ކޮންފަރެންސް އެންމެ ފުރަތަމަ އެމްޕީއެލްއިން ބޭއްވީ 2024 ވަަނަ އަހަރު އެވެ.

އެއީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި ދާއިރާއާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި