ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ “ލަގްޒަރީ ޓައިމްސް” އިން ހޮވި އެންމެ އުންމީދީ އެއާލައިނަކަށް މޯލްޑިވިއަން

ޗައިނާގެ މަޝްހޫރު ޓްރެވަލް މެގަޒިން، “ލަގްޒަރީ ޓައިމްސް” އިން ހޮވި “ޕްރޮމިސިން ނިއު އެއާލައިން” ނުވަތަ އެންމެ އުންމީދީ އާ އެއާލައިންގެ އެވޯޑު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ލިބިއްޖެއެވެ.

މި އެވޯޑު ލިބުމާ ގުޅިގެން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މިއީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އައިލެންޑު އޭވިއޭޝަނުން އިތުރަށް ބުނި ގޮތުގައި މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި އެކަމަށް ދެމުން އަންނަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ.

ލަގްޒަރީ ޓައިމްސް މެގަޒިންއަކީ ޗައިނާގެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަޖައްލާއެކެވެ.

ޗައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓު ކަމަށްވާ އިރު، މޯލްޑިވިއަނުން އަންނަނީ އެ ގައުމުގެ އެކި މަންޒިލްތަކަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި

maldivian

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން

މާލެއާއި ޑާކާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށައިފި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ