ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެސްސީ އިމްތިހާނުގެ ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ހިމަނަން ނިންމައިފި

Quran
TTH_Ads
STO_Ads
Advertisement

އެސްއެސްސީ އިމްތިހާނުގެ ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ހިމަނަން ތައުލީމީ ވުޒާރާއިން ނިންމައިފިއެވެ.

ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މި އަހަރު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ޤުރްއާން މާއްދާ ގެންގޮސް 2027 ވަނަ އަހަރު އިމްތިހާނު ދޭން ނިންމާފައިވާ ކަމަށެވެ.

ދިރާސީ އައު އަހަރުގެ ހިޠާބުގައި ވަޒީރު ވިދާޅުވި ގޮތުގައި، މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށެވެ. ކޮންމެ ދަރިވަރަކީ ވެސް، ރިވެތި އާދަތަކާއި ސިފަތަކާއެކު އަނެކަކަށް އިހުތިރާމްކުރާ ދަރިވަރުން ތަކަކަށް ހެދުމަށް މި އަހަރު ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ. އަދި 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނާ ރާއްޖޭގެ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

އަމިއްލަ އުނގެނުމަށް ޒިންމާވާ ދަރިވަރަކަށް ހުރިހާ ދަރިވަރުން ވުމަށާއި އިސްލާމް ދީނަށް ލޯބިކުރާ މައިންބަފައިންނަށް ކިޔަމަންތެރިވެ އެކަކު އަނެކަކަށް އިހްތިރާމްކުރާ ބަޔަކަށް ދަރިވަރުން ވުމަށް ވަޒީރުގެ ހިޠާބުގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި މުދައްރިސުން ދެކެ ލޯބިވާ އަދި މުދައްރިސުންނަށް އިހުތިރާމްކުރާ ބަޔަކަށް ވުމަށްވެސް ވަޒީރު އެދިވަޑައިގަތެވެ.

ވަޒީރު ވިދާޅުވީ، އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ގެ ބޭނުންތެރިކަން މަސައްކަތުގެ މާހައުލުގައި ބޮޑުވެފައިވާއިރު، މިފެށުނު ދިރާސީ އަހަރުވެގެންދާނީ ސްކޫލުތަކުގެ މުދައްރިސުން އޭއައިއަށް އަހުލުވެރި ކުރުވުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ އަހަރަކަށް ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MMA_Ads
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ

މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތާއި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތް ފަށައިފި

haafizun

31 ޙާފިޒުން ދަސްވެނިވެއްޖެ، އެންމެ ގިނަ ޙާފިޒުން ދަސްވެނިވީ އަހަރު

އޯލެވެލް އިމްތިހާން ފަށައިފި، އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށްދާނެ