ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ޝަހީދު ޢަލީ ސްކޫލް” ގައި މިއަދު ކިޔަވައިދޭން ފަށައިފި

MPL_Ads
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިންގާ އަޅައި، އިމާރާތްކުރި ފުރަތަމަ ސްކޫލް ކަމަށްވާ “ޝަހީދު ޢަލީ ސްކޫލް”ގައި މިއަދު ކިޔަވައިދޭން ފަށައިފިއެވެ.

1900އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ކިޔަވައިދޭންފެށި ޝަހީދު ޢަލީ ސްކޫލްގައި 230 މުދައްރިސުން ކިޔަވައިދޭނެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤިކޮށްފައިވާ މި ސްކޫލާއެކު ހުޅުމާލެއަށް އިތުރުވަމުން އަންނަ އާބާދީއަށް ވަރަށް ބޮޑަށް ފަސޭހަވާނެއެެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބިންގާ އެޅި މި ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާފައިމިވަނީ ދެ އަހަރެއްހާ ދުވަހުގެތެރޭގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. އެމަނިކުފާނުގެ ތަޢުލީމީ ސިޔާސަތުގެދަށުން އެ ދާއިރާއަށް އަންނަނީ ގިނަ ހެޔޮ ބަދަލުތަކެއް ގެންނަވައި ހަރުދަނާކުރައްވަމުންނެވެ.

MPL_Ads
HajjCop_ads
Advertisement

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދޭން ފެށި މި ސްކޫލްގެ ހުރިހާ ކްލާސްރޫމެއް ވަނީ އޭސީކޮށްފައެވެ. މި ސްކޫލްގައި ސްކޫލް ހޯލުގެ އިތުރުން ޚާއްޞަ އޮޑިޓޯރިއަމެއް ގާއިމްކޮށްފައިވެއެވެ. އެންމެ ފެންވަރު ރަނގަޅު ލައިބްރަރީއާއި، ސައިންސް އަދި ކޮމްޕިއުޓަރު ލެބްތައްވެސް މި ސްކޫލްގައި ވަނީ ޤާއިމްކޮށްފައެވެ. އަދި 20 މީހުންގެ ޖާގައިގެ ތިން ލިފްޓާއި، ހަކަތަ ކުޑަކުރުމަށް ސޯލާ ޕެނެލް ސިސްޓަމް ވެސް ވަނީ ޤާއިމްކޮށްފައެވެ.

5 ފަންގިފިލާއަށް ތަރައްޤީ ކޮށްފައިވާ، 50 ކްލާސްރޫމް ހުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

ދަރިވަރުން ފުރަތަމަ ޓާމްގެ ޗުއްޓީއަށް

މަތީ އަރުތަވެރިންގެ އިނާމު 2025: ފަސްވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

education minister

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް

މުޅިން އަލަށް ހަތަރު ސުކޫލެއްގައި މަތީ ސާނަވީ ފަށައިފި