ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާޒާރުމަތީ މަގު: 255 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ

STO_Ads
TTH_Ads
Advertisement

ބާޒާރުމަތީ މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، ޝީޓް ޕައިލްކުރުމުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު މިހާހިސާބަށް 255 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މާލޭ ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސަައްކަތުގެ ދެވަނަ ސެގްމެންޓުގެ ތެރެއިން ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ސެގްމެންޓުގެ ތެރެއިން ބާޒާރު މަގުތަކުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން 255 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ނިމިފައިވާއިރު، މިއީ މި މަސައްކަތުގެ 98 އިންސައްތައެވެ. މީގެ އިތުރުން 178 މީޓަރުގެ ސަރަޙައްދެއްގައި ޕެނަލް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ ދަށުން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ބޭނުންވާ ބިން ހިއްކުމުގެ 63 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ވިދާޅުވީ ބިން އެއްވަރުކުރުމާއި އެއްގަމު ތޮށި ކޮންކުރީޓު އެޅުމުގެ މަސައްކަތް މިހާރު ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މަގުގައި ތާރު އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ދުވާރު ހެދުމާއި، ފެން ހިންދާ ވަޅުތައް ބެހެއްޓުމާއި، ކޭބަލް ޖަންކްޝަންތައް ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީގެ އަމާޒަކީ މި ރަމަޟާން މަހުގެ ކުރިން މި ސެގްމެންޓުގެ ހުރިހާ މަސައްކަތެއް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި