ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިސް އޭޖެންޓުން އަނެއްކާވެސް އާންމު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން މިނިއާޕޮލިސްގެ މަސްރަހް އިތުރަށް ހޫނުވެއްޖެ

STO_Ads
TTH_Ads
Advertisement

އެމެރިކާގެ މަރުކަޒީ ސަރުކާރަށް ނިސްބަތްވާ އިމިގްރޭޝަން، ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އޭޖެންޓުން އަނެއްކާވެސް މިނިއާޕޮލިސްގައި އާންމު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން މަސްރަހް އިތުރަށް ހޫނުވެ ގޯސްވަމުން އެބަދެއެވެ.

ބަޑިޖެހި ހާދިސާ ހިނގި ސަރަހައްދުގެ މަގުތަކަށް އެތައްސަތޭކަ އާންމުން ނުކުމެ މުޒާހަރާ ކުރަމުން ގެންދާއިރު، އާންމުންވަނީ އެތައް މަގެއްވެސް ބަންދުކޮށްފައެވެ.

މީހުން އެއްވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން ބައިވަރު ކަރުނަގޭސް ޖެހި ނަމަވެސް، އެކި ހިސާބުތަކުން އާންމުން ޖަމާވެ މަގުތައް ގެންދަނީ ފުރަމުންނެވެ. އަދި ބައެއް ހިސާބުތަކުގައި ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ދަނީ ކުރިމަތިލުންތައްވެސް ހިންގަމުންނެވެ.

HajjCop_ads
MMA_Ads
Advertisement

މިނިއާޕޮލިސްގެ މަގެއްމަތީގައި އައިސް އޭޖެންޓުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރޭގައި އޭޖެންޓަކު ބަޑިޖަހައި މަރާލާފައިވަނީ އުމުރުން 37 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ.

އެނާގެ ނަމެއް ކަމަށް ބުނެފައިވަނީ އެލެކްސް ޖެފްރީ ޕްރެޓީއެވެ.

އައިސް އޭޖެންޓުން އޭނާއަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި، އައިސް އޭޖެންޓުން އެލެކްސް ޖެފްރީއަށް ހަމަލާދެނީ، އޭޖެންޓުންގެ ހަރަކާތްތައް ފޯނުން ރެކޯޑްކުރަން ހުއްޓައެވެ.

އޭޖެންޓުން އޭނާ ހުއްޓުވަން އުޅުމުން އެކަން ނުކުރުމުން އޭޖެންޓުން އެލެކްސްއާއި އިތުރު މީހަކު ކޮއްޕަމުން ކޮއްޕަމުންގޮސް ބިންމައްޗަށް ވައްޓާލައެވެ. އޭރު އޭނާގެ ކައިރީގައި ހަވަރަކަށް އޭޖެންޓުން ތިއްބެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި އެތަނުން އެއް އެޖެންޓަކު އެލެކްސް ޖެފްރީގެ އުނަގަނޑުގައި ޖަހާފައިވާ ފިސްތޯލަ ނަގައެވެ. ނެގުމާއެކު އެލެކްސްގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލައެވެ.

އެލެކްސް ޖެފްރީ ޕްރެޓީއަކީ ބަޑި ގެންގުޅުމުގެ ލައިސަންސް އޮންނަ މީހެކެވެ. އޭނާއަކީ އައިސީޔޫ ލައިސަންސް ނަރުހެއް ކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

އައިސް އޭޖެންޓުން ހަގީގަތް އޮޅުވާލަން އެކި ވާހަކަތައް ދެއްކި ނަމަވެސް، އޭޖެންޓުން އޭނާގެ ގަޔަށް ބަޑިޖަހައި މަރާލީ ފިސްތޯލަ ބޭނުންކުރަން އުޅުމުން ނޫންކަމަށް ޔަގީންވާ ވަރަށް އެކި އޭންގަލްތަކުން ނަގާފައިވާ ވީޑިއޯތައް އެކި ފަރާތްތަކުން ގެންދަނީ ހާމަކުރަމުންނެވެ.

އައިސް އޭޖެންޓުން މީގެކުރިންވެސް މިނިއާޕޮލސްގައި އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލަ ހޫނުވެފައި ވަނިކޮށް އަނެއްކާވެސް މީހަކު މަރާލުމުން މަސްރަހް އިތުރަށް ވަނީ ގޯސްވެފައެވެ.

މިނިއާޕޮލިސްގެ ފުލުހުން ބުނެފައިވަނީ، އެލެކްސް ޖެފްރީއަކީ ހަތިޔާރު ގެންގުޅުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށާއި، އޭނާ އޭޖެންޓުގެ ގަޔަށް ބަޑިނުޖަހާ ކަމަށާއި، އޭނާގެ އަތުގައި އޮތް ފިސްތޯލަ ނެގުމަށް އޭޖެންޓުންނަށް ދޫކޮށްލުމުން ފިސްތޯލަ އަތުލުމަށްފަހު އޭނާގެ ގަޔަށް ބަޑިޖަހައި މަރާލީ ކަމަށެވެ.

މައްސަލަ ހޫނުވެ އާންމުން މުޒާހަރާ ކުރަމުންދަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލްގައ ޕޯސްޓްކުރި މެސެޖެއްގައި ކުށްވެރި ކޮށްފައިވަނީ މިނިއާޕޮލިސް ހިމެނޭ މިނެސޯޓާގެ ސްޓޭޓް ސަރުކާރެވެ. ގޯސްކޮށްފައިވަނީ އެ ސްޓޭޓަށް ނިސްބަތްވާ ކޮންގްރެސް މެމްބަރު އިލްހާން އުމަރެވެ. ދައްކާފައިވަނީ މިނިއާޕޮލިސްގެ ކޮރަޕްޝަންގެ ވާހަކައެވެ. އެންމެން ބުނަނީ މިއީ މައްސަލައިގެ ފޯކަސް އަނބުރާލަން ޓްރަމްޕް ކުރާ ކަމެއް ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް