ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅީފަޅުން ގޯތި ދޫކުރުން: 2،751 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ދޫކުރެވިފައިވޭ

TTH_Ads
STO_Ads
Advertisement

މިނިސްޓްރީން ހާމަކުރި ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން 2،751 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރުވަނީ ދޫކުރެވިފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން އިން ބުނީ ބިންވެރިޔާ ސްކީމްގެދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 41 ފަރާތަކާ މިއަދު ގޯތި ހަވާލުކޮށްފައި ކަމަށެވެ.

ކުރީ ސަރުކާރުން ތައްޔާރުކުރި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުންވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ބައެއް މީހުންގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްފައިވެއެވެ. އެއާއެކު ކުރީ ސަރުކާރުގައި ދޫކުރި ރަޖިސްޓްރީތައް އުވައިލުމަށްފަހު، ގޯތި ދޫކުރާނެ ސަރަހައްދުތައް އަލުން ކަނޑައަޅައި ޖުލައި މަހު ގޯތި ދޫކުރަން ފެށިއެވެ.

MMA_Ads
HajjCop_ads
Advertisement

ގުޅިފަޅުން ދޫކުރަން ނިންމާފައިވަނީ 2،438 ގޯއްޗެވެ. އެހެންކަމުން މިހާތަނަށް ދޫކުރަންޖެހޭ ގޯތީގެ ތެރެއިން 119 ގޯތި ފިޔަވައި ހުރިހާ ގޯއްޗެއް ދޫކޮށް ރަޖިސްޓްރީ ހަވާލުކުރެވި ނިމިފައިވެއެވެ. ގުޅިފަޅުން ދޫކުރާ ގޯތީގެ ތެރެއިން 1،347 ގޯއްޗަކީ ގިރާވަރުފަޅުން ބަދަލުކުރި ގޯއްޗެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅިފަޅާއި ގިރާވަރުފަޅުން 9،031 ގޯތި މާލޭ މީހުންނަޑް ދޫކުރަން ނިންމި ނަމަވެސް މި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް އެއިރުގެ ސަރުކާރަށް ނިންމިފައިނުވެއެވެ. ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ ތަންތަން ހިއްކުމުގެ މަސައްކަތް ވަރަަށް ހަލުއި ދުވެލީގައި ކުރިއަށްގެންދެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް ކުރިމަތިލެވޭނެ

hulhumale

ޚާއްޞަ ސްކީމުގެ ކެޓަގަރީ ތިނެއްގެ ފޯމް ހުށައަޅަން ހުޅުވާލަނީ

ގުޅީފަޅުން 160އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

Gulheefalhu

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 2690 ފަރާތަކަށް ގޯތި ހަވާލުކޮށްފި