ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެކުނުގެ 4 އެއާޕޯޓަށް ކަނެކްޓިން ފްލައިޓްތަކެއް ތައާރަފްކުރުމަށް ނިންމައިފި

Maldivian

އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެންމެ ދެކުނުގެ 4 އެއާޕޯޓަށް އަންނަމަހު ތެރޭގައި ކަނެކްޓިން ފްލައިޓްތަކެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ވަނީ ދެކުނުގެ އަތޮޅުތަކުގެ ދަތުރުގެ ޓިކެޓް އަގުތައް އާއްމުކޮށްފައެވެ. މި ދަތުރުތައް ތާވަލްކޮށްފައިވަނީ ގަމުން ފުވައްމުލައް ސިޓީއަށް، ފުވައްމުލައް ސިޓީން ކާޑެއްދޫއަށް، ފުވައްމުލައްސިޓީން ކޫއްޑޫއަށް، ގަމުން ކާޑެއްދުއަށް އަދި ގަމުން ކޫއްޑޫއަށެވެ.

މޯލްޑިވިއަނުން ކުރާ މި ދަތުރުތަކުގެ އެއްކޮޅު ޓިކެތްގެ އަގުތައް އުޅެނީ 500 ރުފިޔާއިން ފެށިގެން 900 ރުފިޔާ އާ ދޭތެރޭގެ އަގުތަކެއްގައެވެ. މި ދަތުރުތަކަށް މިހާރު ޓިކެޓް ބުކް ކުރެވޭނޭކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުން ތައާރަފްކުރާ މި ދަތުރުތަކާއެކު އައްޑޫސިޓީން ފެށިގެންގޮސް ގއ އަތޮޅުތައް ގުޅާލެވިގެންދާނެއެވެ.

މޯލްޑިވިއަނުން ދަނީ އުތުރުގެ ބައެއް އަތޮޅުތަކަށް ސީޕްލޭން މެދުވެރިކޮށް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ނ.އަތޮޅު ވެލިދޫއަށް ސީޕްލޭންގެ ޓެސްޓް ދަތުރުތައް ބާއްވާފައިވާއިރު، އިތުރު ސަރަހައްދުތަކަށްވެސް ދަތުރުތައް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ކޮންމެ ރަށަކުންވެސް ގިނަވެގެން 30 މިނެޓް ތެރޭގައި ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢަބުދުﷲމާހިރު
Addu promote kuran? Kobaa beynumeh?

ގުޅުންހުރި

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި

maldivian

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން

މާލެއާއި ޑާކާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށައިފި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ