ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ނިޔަލަށް ވިލިމާލެއާ ބުރިޖުން ގުޅާލާ ނިމޭނެކަމުގެ އުއްމީދު އެބައޮތް: ޑރ. މުއްޠަލިބް

TTH_Ads
STO_Ads
Advertisement

ތިލަމާލެ ބުރިޖުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ވިލިމާލެއާ ހަމައަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދިޔަ ނަމަވެސް، ކޮންޓްރެކްޓަރުގެ ހުރި ބައެއް ދަތިތަކާހުރެ ބޭނުންވާ އެންމެ ބާރު ދުވެލީގައި މަސައްކަތް ނުދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން މި މަޝްރޫޢަށް 30 މަސްދުވަސް އިތުރުކޮށްފައިވާއިރު، މިހާރު ދާ ދުވެލީގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ބެލެވެއެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކު ދިވެހި ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބުރިޖުގެ ގާތްގަނޑަކަށް %70 މަސައްކަތް ވަނީ ނިމިފައެވެ. މީގެ ތެރޭގައި ހަތަރު ރަށް ގުޅާލުމަށް ބޭނުންވާ ތަނބުތަކުގެ މަސައްކަތާއި، ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ ބޮޑު ބައެއް ހިމެނެއެވެ. އަދި ބުރިޖުގެ ސެގްމަންޓްތައް ކާސްޓްކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

HajjCop_ads
MMA_Ads
Advertisement

ތިލަމާލެ ބުރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހިންގާ 6.7 ކިލޯމީޓަރުގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޖުމްލަ 500 މިލިއަން ޑޮލަރު ހޭދަވާއިރު، މީގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އެހީއާއި ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ޚަރަދުތައް ހިމެނެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަޒީރު ބައްލަވާލައްވައިފި

WhatsApp Image 2026 04 15 at 09.25.29

ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަމަށް ހައްލު ހޯދަނީ

dr muthalib

ބޯހިޔާވަހިކަމުގެ މަގުސަދަކީ އާއިލާތަކަށް ރައްކާތެރިކަން ދިނުން: ޑރ. މުއްޠަލިބް

muthalib

މިއަހަރު 12،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާނެ: ޑރ. މުއްޠަލިބް